logo
ކުޅިވަރު

އޭސީ މިލާނުން ޖޯއާއޯ ފީލިކްސް ދާއިމީކޮށް ސޮއިކުރުމުގެ ވިސްނުން ބަދަލުކޮށްފި

އަބްދުﷲ ޣާނިމް
18 މާރިޗު 2025 - 05:20
ފީލިކްސް އަށް ޗެލްސީ އަދި މިލާނުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވޭ. ފޮޓޯ: ފަބްރީޒިއޯ
ފީލިކްސް އަށް ޗެލްސީ އަދި މިލާނުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވޭ. ފޮޓޯ: ފަބްރީޒިއޯ

އިޓަލީގެ ސީރީ އޭ ކްލަބް އޭސީ މިލާނުން ޗެލްސީގެ ފޯވަޑް ޖޯއާއޯ ފީލިކްސް ދާއިމީކޮށް ސޮއިކުރުމުގެ ވިސްނުން ބަދަލުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ފީލިކްސްގެ ފަރާތުން މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާފައެވެ.

ޕޯޗުގީޒް ފޯވަޑް ފީލިކްސް ލޯނު އެއްބަސްވުމެއްގެ ދަށުން މިލާނަށް ބަދަލުވެފައިވަނީ މިއަހަރުގެ ޖެނަވަރީ މަހުގައެވެ. މިލާނުގައި ޖޯޒީގައި އޭނާ މިހާތަނަށް 12 މެޗު ކުޅެފައިވާއިރު، ޖެހިފައިވަނީ އެންމެ ލަނޑެކެވެ. އަދި ލެޗޭއާ ދެކޮޅަށް ކުޅުނު މެޗުގައި އެސިސްޓެއް ދިނުން ފިޔަވައި އިތުރު ކާމިޔާބީއެއް ހޯދާފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިލާނުން ފީލިކްސް ދާއިމީކޮށް ސޮއިކުރުމަށް ޗެލްސީއާއެކު މަޝްވަރާކުރުމަށް ނިންމާފައިވަނީ ނުކުރުމަށެވެ. ނަމަވެސް، ސީޒަން ނިމެންދެން އޭނާގެ ކުޅުމަށް ބަދަލު އައިސްފިނަމަ، 45 މިލިއަން ޔޫރޯއަށް އޭނާ ގަތުމުގެ ފުރުސަތު އޮތްކަމަށް ވެއެވެ. ނަމަވެސް މިލާނުން މިހާރު ބޭނުންވަނީ އަދި އިތުރު އެއް އަހަރަށް ލޯނު އެއްބަސްވުން އިތުރުކުރުން ކަމުގައި ރިޕޯޓްތައް ބުނެއެވެ،
ފީލިކްސްއަކީ މިދިޔަ އަހަރު ޖޫންގައި އެތްލެޓިކޯ މެޑްރިޑުން ޗެލްސީއަށް ބަދަލުވިކުޅުންތެރިއެކެވެ. ނަމަވެސް ޗެލްސީ ޖޯޒީގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީ 6 މަސްފަހުން ލޯނުއެއްބަސްވުމެއްގެ ދަށުން މިލާން އަށް ފީލިކްސް ވަނީ ބަދަލުވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމަރ ޓްރާންސްފަރގައި އެންމެ ބޮޑު ޚަރަދެއްކުރި ލިވަޕޫލް، އޭސީ މިލާން އަތުން ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންމޮޑްރިޗް އޭސީ މިލާނަށް، ޗެންޕިއަންސް ލީގުގައި ރެއާލް އާއި ދެކޮޅަށް ނުކުޅޭނެކުޅިވަރު | 3 މަސް ކުރިންއޭސީމިލާނުގެ ކޯޗުކަމުން ކޮންސިއެސާއޯ ވަކިވަނީކުޅިވަރު | 4 މަސް ކުރިން