logo
ކުޅިވަރު

ރާއްޖެ އާއި އިންޑިޔާ ބައްދަލުކުރާ އެކުވެރިކަމުގެ މެޗު މާދަމާ ހަވީރު!

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
18 މާރިޗު 2025 - 06:28
ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް -- ފޮޓޯ: ސޯޝަލް މީޑީޔާ
ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް -- ފޮޓޯ: ސޯޝަލް މީޑީޔާ

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު، އިންޑިޔާގެ ގައުމީ ޓީމާ ދެކޮޅަށް މާދަމާ ކުޅޭނެއެވެ.

ރާއްޖެ ގަޑިން އިރުއޮއްސި 18:30 ގައި ފެށޭނެ މި މެޗު ކުޅެނީ އިންޑިޔާގެ ޝިލޯންގްގައެވެ. އެ މެޗުތައް ކުޅުމަށް ރާއްޖޭގެ ޓީމު އިންޑިޔާއަށް ފުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެ ޓީމަށް ޝިލޯންގްއަށް ދެވުނީ އިއްޔެގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ބަޔަކަށް ބަހާލައިގެން ރާއްޖޭގެ ޓީމު އިންޑިޔާއަށް ފުރިއިރު، އެ ޓީމުގައި ރާއްޖޭގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު، އަލީ ސުޒައިންއެވެ.

މާދަމާ ރާއްޖެ އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ 2027 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ  އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. އެގޮތުން އެ މެޗާ ގުޅޭ ގޮތުން ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ކޯޗު ސުޒައިން ވިދާޅުވި ގޮތުގައި، މި މަހުގެ ފަހުކޮޅު ފިލިޕީންސްއާ ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗުގެ ކުރިން އިންޑިޔާގެ މެޗު ލިބުމަކީ ރާއްޖެއަށް ލިބޭ ނަސީބެކެވެ.

މި މެޗަށް އިންޑިޔާގެ ޓީމު ވަރުގަދަކުރުމުގެ ގޮތުން އެ ގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެ ޓީމުން ރިޓަޔާވި ކެޕްޓަން ސުނިލް ޗެތްރީ ވެސް ވަނީ އެ ޓީމުގެ ސްކޮޑުގައި އަލުން ހިމަނާފައެވެ. މި މެޗުގައި އިންޑިޔާގެ ޓާގެޓަކީ، ގޯލެއް ވަނަނުދީ ނިންމާލުން ކަމުގައި މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގެ ޑިފެންޑަރު، ސަންދޭޝް ޖިންގަން ވަނީ ބުނެފައެވެ.

މީގެ ކުރިން ރާއްޖެ އާއި އިންޑިޔާ ޖުމްލަ 21 ފަހަރު ބައްދަލުކުރިއިރު، އޭގެ ތެރެއިން ރާއްޖެއަށް ކާމިޔާބު ހޯދުނީ ހަތަރު ފަހަރުއެވެ. އަދި 15 ފަހަރު އިންޑިޔާ މޮޅުވެފައިވާއިރު ދެ މެޗު ވަނީ އެއްވަރުވެފައެވެ. އެގޮތުން އެންމެ ފަހުން 2021 ވަނަ އަހަރު މި ދެ ޓީމު ބައްދަލުކުރި މެޗުން ވެސް އިންޑިޔާ ވަނީ 3-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ.

ރާއްޖެ އާއި އިންޑިޔާ ބައްދަލުކުރާ މެޗު ޕީއެސްއެމްގެ "ޔެސް" ޓީވީން ވަގުތުން ދައްކާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލު ތަޅުއަޅުވައި، ލަންކާގެ ފަސްގަނޑުގައި ރާއްޖެއިން އެ ގައުމު ބަލިކޮށްފިކުޅިވަރު | 10 ގަޑިއިރު ކުރިންރާއްޖެއާއި ފަލަސްޠީނުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅެނީޚަބަރު | 4 ދުވަސް ކުރިންފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަން އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | މަހެއް ކުރިންރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިތުރު އެހީ އިންޑިއާއިން ލިބޭނެ- ފޮރިން ސެކްރެޓަރީޚަބަރު | މަހެއް ކުރިން