logo
Bank of Maldives

Bank of Maldives

ޚަބަރު

ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްރަށް ކަނޑައަޅުމުގެ ބާރު ރައީސައަށް ދޭ ބިލު، ރައީސް ތަސްދީޤުކުރައްވައިފި

ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްރަށް ކަނޑައަޅުމުގެ ބާރު ރައީސައަށް ދޭ ބިލު، ރައީސް ތަސްދީޤުކުރައްވައިފި

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ ތިމަރަފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންބަރު އަހުމަދު ހުށަހެޅި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށިގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރާ ބިން ކަނޑައަޅާނީ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލުންނެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުންދާ ތަންތަން އަލުން ތަރައްގީ ކުރުމަށް ބަންދުކުރުމާ ގުޅޭ މާއްދާވަނީ އިތުރުކޮށްފައެވެ. އެ މާއްދާގައިވާގޮތުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުންދާ ތަންތަނުގެ ފެންވަރު މަތިކުރުމަށް ބަންދުކުރެވޭނީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެކުލަވައިލާ ގަވާއިދާ އެއްގޮތަށް އެތަނެއްގެ ކުލީގެ އެއްބަސްވުން އިސްލާހުކުރުމަށްފަހުއެވެ.

މި އެއްބަސްވުމުގެ މުއްދަތުގައި ރީޑިވެލޮޕް މަސައްކަތް ނުނިމޭނަމަ އެ ފަރާތަކާމެދު ފިޔަވަޅު އަޅައި، ކުލީ އެގްރީމަންޓް ބާތިލުކުރުމުގެ އިޙްތިޔާރުވެސް މި އިސްލާހުގެ ދަށުން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ލިބޭނެއެވެ. މި އިސްލާހު ބާތިލުކުރުމަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "ޓޫރިޒަމް ޓްރަސްޓް ފަންޑު" ގެ ނަމުގައި، ފަންޑެއް އުފެދުނީކަމަށާއި، އަދި ކުރިން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ޤާއިމުކޮށް ހިންގަމުން އައި "ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑު" އުވި، އެ ފަންޑުގައިވާ ފައިސާ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ބަދަލުވީކަމަށްވެސް މި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މުރާލިކަމާއި އޯގާވެރިކަން ، ގަދަ ކަނޑުގައި، ބާރު އަވީގައި ބޯވާރޭގައި ވެސް ޚިދުމަތުގައިރިޕޯޓް | 10 ގަޑިއިރު ކުރިންބަނޑުހައިހޫނުކަމުގައި އުޅޭ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބައިވާން ޖެހޭ: ފަސްޑް ލޭޓީޚަބަރު | ދުވަހެއް ކުރިންމަޝްރޫޢުތަކުގެ އަދާހަމަ ތަފްޞީލުތައް ސަރުކާރުން ދަނީ ދުވަހުން ދުވަހަށް ބަލަމުން: ރައީސް ޚަބަރު | ދުވަހެއް ކުރިންމާއުނގޫދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހަދަނީ ޚަބަރު | ދުވަހެއް ކުރިން