logo
ކުޅިވަރު

މިލާނުން ސަންސީރޯ ތަޅާލުމަށްފަހު އައު ސްޓޭޑިއަމްއެއް އަޅަނީ

އަބްދުﷲ ޣާނިމް
20 މާރިޗު 2025 - 03:28
މިލާންގެ އައިކޮނިކް ސްޓޭޑިއަމް ތަޅާލުމަށްފަހު އައު ސްޓޭޑިއަމްއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން. ފޮޓޯ: ޓްރައިބިއުނާ
މިލާންގެ އައިކޮނިކް ސްޓޭޑިއަމް ތަޅާލުމަށްފަހު އައު ސްޓޭޑިއަމްއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން. ފޮޓޯ: ޓްރައިބިއުނާ

އިޓަލީގެ ގަދަ ދެބާރު ކަމަށްވާ އޭސީ މިލާނާއި އިންޓަރ މިޅާން މިހާރު ބޭނުން ކުރަމުންގެންދާ ސަންސީރޯ ސްޓޭޑިއަމް ތަޅާލުމަށްފަހު، ސަންސީރޯ ސްޓޭޑިއަމް ހުރި ސަރަހައްދުން އައު ސްޓޭޑިއަމްއެއް އެޅުމަށް ބިން ގަތުމަށް 197 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

ފުޓްބޯލް-އިޓާލިއާ އިން ރިޕޯޓުކުރި ގޮތުގައި، މި މަޝްރޫއަކީ 2018 ވަނަ އަހަރު ފުރަތަމަ ހުށަހެޅުނު މަޝްރޫއެކެވެ. އަދި މިހާރު މިބިމާއިބެހޭ އެންމެހައި މުއާމަލާތްތަށް ނިމުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަޝްރޫއުގެ ދަށުން މިހާރު ސަންސީރޯ ސްޓޭޑިއަމްގެ ކާރުޕާކު އޮތް ސަރަހައްދުގައި އައު ސްޓޭޑިއަމްއެއް އެޅުމަށްފަހު މިހާރު ހުރި ސްޓޭޑިއަމް ތަޅާލުމަށް ވަނީ ރޭވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިލާން އަދި އިންޓަރ އިން އެހެން އޮޕްޝަންތައް ވެސް ބަލާފައިވީ ނަމަވެސް، އެންމެ ފަހުން ނިންމާފައިވަނީ އަނބުރާ އެ ކުލަބުތަކުގެ އަސްލު ޕްލޭނަށް ދިއުމަށެވެ. މިހާރު އެ ދެ ކުލަބުން ވަނީ ސަންސީރޯ ސަރަހައްދުގެ ބިން ގަތުމަށް ހުށަހެޅުން ހުށަހަޅާފައެވެ. އަދި މިހާރު އެ ކުލަބުތަކުން ވަނީ ލޯކަލް އޮތޯރިޓީތަކުގެ ހުއްދައަށް މަޑުކުރަމުންނެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި 30 ޖޫން 2025 ގެ ކުރިން ހުއްދަ ލިބި، 31 ޖުލައި 2025 ގެ ކުރިން މުއާމަލާތް ނިންމަން ޖެހޭނެއެވެ. މި މުއްދަތުގެ ތެރޭގައި މިކަން ނުނިމިއްޖެނަމަ މި އެއްބަސްވުން ބާތިލުވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމަރ ޓްރާންސްފަރގައި އެންމެ ބޮޑު ޚަރަދެއްކުރި ލިވަޕޫލް، އޭސީ މިލާން އަތުން ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންއިންޓަރ މިލާނާއި މޮންޓެރޭ ދެވަނަ ބުރަށްކުޅިވަރު | 2 މަސް ކުރިންފަހުވަގުތު ރެޑް ޑައިމަންޑް އަތުން މޮޅުވެ، އިންޓަރ ދެވަނަ ބުރުގެ އުއްމީދުތައް އައުކޮށްފިކުޅިވަރު | 2 މަސް ކުރިން