logo
Bank of Maldives

Bank of Maldives

ކުޅިވަރު

2027 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލް ކުޅޭނީ މެޑްރިޑްގައި

އަބްދުﷲ ޣާނިމް
20 މާރިޗު 2025 - 03:54
2027 ވަނަ އަހަރުގެ ޗެންޕިއަންސްލީގު ފައިނަލް ކުޅޭނީ މެޑްރިޑްގައި
2027 ވަނަ އަހަރުގެ ޗެންޕިއަންސްލީގު ފައިނަލް ކުޅޭނީ މެޑްރިޑްގައި

2027 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބާއްވާނީ ސްޕެއިނުގެ އެޓްލެޓިކޯ މެޑްރިޑްގެ ރިޔާދް އެއަރ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކަމަށް ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަން (އާރްއެފްއީއެފް)ގެ ރައީސް ރަފައެލް ލޯޒަން ވަނީ ކަށަވަރުކޮށްދީފިއެވެ.

މި މެޗު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ އިޓަލީގެ ސަން ސިރޯ ސްޓޭޑިއަމްގައެވެ. ނަމަވެސް އެ ސްޓޭޑިއަމްގެ ފެންވަރު ދަށްވުމާގުޅިގެން ތަޅާލުމުގެ މަސައްކަތް މިހާރުދަނީ ރާވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މި އަހަރު ސްޕެއިންގައި ސަން މަމޭސްގައި ޔޫރަޕާ ލީގުގެ ފައިނަލް އެބައޮތް. އަދި 2027 ގައި މެޑްރިޑްގެ މެޓްރޮޕޮލިޓާނޯގައި ޗެމްޕިއަންސް ލީގުގެ ފައިނަލްވެސް ކަށަވަރުވެފައި އެބައޮތް. އަދި ސެވިއްޔާގައި ކުރިއަށް އޮތް އަހަރުތަކުގައި ޔޫރަޕިއަން ފައިނަލެއް ބޭއްވުމަށް އަޅުގަނޑުމެންގެ އެހީތެރިކަމާއެކު ނޭދެންވީ ސަބަބެއް ނެތް" ލޯޒަން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ލޯޒަން ވިދާޅުވީ އޭނާ ޔުއެފާގެ ރައީސް އަލެކްސަންޑަރ ސެފެރިންއާ ދެތިން ފަހަރު ބައްދަލުކުރައްވާފައިވާ ކަމަށާއި، ސެވިއްޔާގައި މިފަދަ މުބާރާތެއް ބޭއްވުމުގެ ފުރުސަތަށް އެދިވަޑައިގަންނަވާނެ ކަމަށެވެ. އެއީ އެ ސިޓީގައި މިފަދަ އިވެންޓެއް ބޭއްވުމަށް ބޭނުންވާ ވަސީލަތްތަކާއި، ރަނގަޅު ހޮޓެލްތަކުގެ އިންފްރާސްޓްރަކްޗަރ ޤާއިމްވެފައިވާތީއެވެ.


މިއަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލް ޖަރުމަނުގެ އެލިއަންޒް އެރީނާގައި ކުޅެން ހަމަޖެހިފައިވާއިރު، 2026 ވަނަ އަހަރުގެ ފައިނަލް ކުޅޭނީ ހަންގޭރީގެ ޕުސްކަސް އެރީނާގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސާއާއި އެތްލެޓިކޯ މޫނުމަތީގައި ބޮޑު ތަފާލެއް ޖެހުމަށްފަހު ބާނާޑޯ ސިލްވާ ކުއްލިގޮތަކަށް ރެއާލް މެޑްރިޑުން ސޮއިކޮށްފިކުޅިވަރު | މަހެއް ކުރިންދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | މަހެއް ކުރިންފަބްރީޒިއޯގެ ޕްރޮޕެގެންޑާ ބޭނުންކޮށްގެން ބާސާއިންކުރަން އުޅުނު ޓްރާންސްފާ ފަޅާ އަރުވާލައި އެތްލެޓީކޯ ރަތަށްކުޅިވަރު | މަހެއް ކުރިންބާސެލޯނާއަށް ބަދަލުވި މައްސަލައިގައި ގްރީޒްމަން އެތުލެޓިކޯގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެކުޅިވަރު | 2 މަސް ކުރިން