logo
MPL

MPL

ޚަބަރު

މިހާރު ދިރާގު އެޕުން ވެސް ޒަކާތް ދެއްކޭނެ

މިހާރު ދިރާގު އެޕުން ވެސް ޒަކާތް ދެއްކޭނެ

މި ރަމަޟާން މަހު ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދިރާގު އެޕް އަދި ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ހަމަޖައްސައިފިއެވެ.

ދިރާގުޕޭ އެޕް ޑައުންލޯޑް ކުރުމަށްފަހު، ހޯމް ސްކްރީންގައިވާ "ޑޮނޭޝަންސް" ގެ ދަށުގައިވާ "ފިތުރު ޒަކާތް" ނެގުމަށްފަހު ފަސޭހަކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެއެވެ. ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސައިފައެވެ. އަދި، ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ފިތުރު ޒަކާތް ދެއްކޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރަމަޟާން މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ރަމަޟާން މަހަކީ ހެޔޮކަންތައްތައް އިތުރުކޮށް އެކަކު އަނެކަކަށް އެހީތެރިވުން މުހިންމު މަހެއް ކަމުގައި ވާތީ، މި ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދީ، އެކި އޮފާތައް ތައާރަފްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އިނާމުތައް އިތުރުކޮށްލެވޭ ގޮތަށް ދިރާގުން ހަދައިފިވިޔަފާރި | 2 މަސް ކުރިންފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތަށް 45.3 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 4 މަސް ކުރިންމުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފިޚަބަރު | 4 މަސް ކުރިންގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިޚަބަރު | 5 މަސް ކުރިން