logo
ކުޅިވަރު

ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ޖަރުމަނުން އިޓަލީ ބަލިކޮށްފި

އަބްދުﷲ ޣާނިމް
21 މާރިޗު 2025 - 03:13
ރޭގެ މެޗުގައި ގޮރެޓްޒްކާ ގޯލުޖަހަނީ. ފޮޓޯ: ބީބީސީ
ރޭގެ މެޗުގައި ގޮރެޓްޒްކާ ގޯލުޖަހަނީ. ފޮޓޯ: ބީބީސީ

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލް ފުރަތަމަ ލެގުގައި އިޓަލީގެ މިލާނުގެ ސަންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޖަރުމަނުން ވަނީ 2-1 ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށްފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި އިޓަލީއަށް ކުރިއެރުން ހޯދައިދިނީ މެޗުގެ 9 ވަނަ މިނެޓުގައި ސެންޑްރޯ ޓޮނާލީ އެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ޖަރުމަނުން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށް، މެޗުގެ ނަތީޖާ ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ޖަރުމަނު ކޯޗު ޖޫލިއަން ނަގެލްސްމަން  ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ޓިމް ކްލެއިންޑިއެންސް ވަނީ 49 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އޭނާ ޖެހީ ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހެއް ބޮލުން ޖަހައިގެންނެވެ.

މެޗުގެ މޮޅުވި ލަނޑު ޖަރުމަނަށް ކާމިޔާބުކޮށްދިނީ 76 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ލިއޮން ގޮރެޓްޒްކާ އެވެ. ރޭގެ މޮޅާއެކު، އިޓަލީގެ އަމިއްލަ ދަނޑުގައި ޖަރުމަނު އަތުން ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އައި 37 އަހަރުގެ ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ. އިޓަލީގެ އަމިއްލަ ދަނޑުގައި ޖަރުމަނު އަތުން އެ ޓީމު އެންމެ ފަހުން ބަލިވެފައިވަނީ 1986 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. މި މެޗުގެ ދެވަނަ ލެގު ކުޅޭނީ ޖަރުމަނުގެ ދަނޑުގައެވެ.


ކުއާޓަރ ފައިނަލުގެ ދެވަނަލެގު އަންނަ އާދީއްތަ ދުވަހު ޖަރުމަނުގެ ޑޯޓުމަންޑުގައި ކުޅޭނެއެވެ،

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލްކުޅިވަރު | 2 މަސް ކުރިން ހަމެލްސް ރިޓަޔަރމަންޓް އިޢުލާންކޮށްފިކުޅިވަރު | 4 މަސް ކުރިންނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ޖަރުމަނުން އިޓަލީ ބަލިކޮށްފިކުޅިވަރު | 5 މަސް ކުރިން