logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވަރުގަދަ ފްރާންސް ބަލިކޮށް ކްރޮއޭޝިއާއިން ސެމީއާ ގާތަށް

އަބްދުﷲ ޣާނިމް
21 މާރިޗު 2025 - 03:30
ކްރޮއޭޝިއާ އާއި ފްރާންސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ބީއިންގ ސްޕޯރޓްސް
ކްރޮއޭޝިއާ އާއި ފްރާންސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ބީއިންގ ސްޕޯރޓްސް

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކްރޮއޭޝިއާއިން ވޯލްޑް ކަޕް ރަނަރަޕް ފްރާންސް 2-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ. ކޮރޮއޭޝިއާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ކްރޮއޭޝިއާ އިން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ.

ރޭގެ މެޗުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ގިނަ ދުވަސްތަކަކަށްފަހު ގައުމީ ޓީމަށް ނިކުތް ނަމަވެސް، އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. ފްރާންސް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗްގެ މޮޅު ކުޅުމުގެ ސަބަބުން އެ ޓީމަށް ގޯލެއް ނުޖެހުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 8 ވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް ލިބުނު ޕެނަލްޓީ ކިކް އަންޑްރޭއީ ކްރަމަރިޗް ފޮނުވާލި ނަމަވެސް، ފްރާންސްގެ ކީޕަރު މައިގްނަން ވަނީ އެ ޕެނަލްޓީ ހުއްޓުވާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ކްރޮއޭޝިއާ އަށް ކާމިޔާބުކޮށްދިނީ 26 ވަނަ މިނެޓުގައި އަންޓޭ ބުޑިމިއަރ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިވާން ޕެރިސިޗް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ގްވަޑިއޯލްގެ ހަމަލާތަކާއި އެހެނިހެން ކުޅުންތެރިންގެ ނުރައްކާތެރި ހަމަލާތައް ފާހަގަކޮށްލެވުނެވެ. ނަމަވެސް ފްރާންސްގެ ކީޕަރު މައިގްނަން ވަނީ ގިނަ ހަމަލާތަކެއް ކާމިޔާބުކަމާއެކު ދިފާއުކޮށްފައެވެ.

އަންނަ އާދީއްތަ ދުވަހު ފްރާންސްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި ފްރާންސް އަށް މިހާރު ވަނީ ސެމީ ފައިނަލަށް ދިއުމަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. އެ މެޗުގައި ފްރާންސް އިން މަދުވެގެން 3-0 އަށް މޮޅުވާން ޖެހޭއިރު، ކްރޮއޭޝިއާ އަށް މިހާރު ވަނީ ސެމީ ފައިނަލާފިޔަވަަޅަކާއި ގާތަށް ޖެހިލާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޯމުގައި ހުރި އެމްބާއްޕޭ ނުލައި ފްރާންސް ކުޅުނު މެޗު އެއްވަރުވެއްޖެކުޅިވަރު | 2 މަސް ކުރިންޒިދާން ފްރާންސްގެ ޤައުމީ ޓީމާއި ހަވާލުވަނީކުޅިވަރު | 3 މަސް ކުރިންއެމްބާއްޕޭ އޮންރީއާއި އަރާހަމަކުރިއިރު، އިޓަލީއަށް ފަސޭހަ މޮޅެއްކުޅިވަރު | 3 މަސް ކުރިންއެމްބާޕޭ ފްރާންސް ފުލުހުންނަށް ފައިސާ ދިން މައްސަލަ ތަހުގީގު ކުރަނީކުޅިވަރު | 4 މަސް ކުރިން