logo
MPL

MPL

ޚަބަރު

އެމްއެމްއޭގެ އާ އޮފީސް އިމާރާތް އަޅަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީ

އެމްއެމްއޭގެ އާ އޮފީސް އިމާރާތް އަޅަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީ

މަރުކަޒީ ބޭންކު، އެމްއެމްއޭގެ އައު އޮފީސް އިމާރާތް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެމްއެމްއޭއިން އިއުލާނުކޮށްފައި ވަނީ، އެ އިމާރާތް ޑިޒައިން ކުރުމާއި އިމާރާތް ކުރުމަށް އެ ދެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއްގެ ކޮންސަލްޓެންސީ ޚިދުމަތަށް ހޯދުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑަށް ރަޖިސްޓްރީ ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (އީއޯއައި) ހުށަހަޅާނީ އެ އޮތޯރިޓީގެ އީމެއިލްއަށެވެ. އީއޯއައި ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ 11:00 ގެ ކުރިން ކަމަށް އިއުލާނުގައި ބުނެއެވެ.

ބިޑު ކުރުމަށް ހުށަހަޅާ ފަރާތްތަކުން އިތުރު މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން މެއިލް ކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.

އެމްއެމްއޭގެ އައު އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެ އިން 211 މިލިއަން ރުފިޔާ އަށް ބިމެއް ގަނެފައި ވަނީ 2023 ވަނަ އަހަރުއެވެ. އެއީ 43،400 ( ސާޅީސް ތިންހާސް ހަތަރު ސަތޭކަ) އަކަފޫޓުގެ ބިމެކެވެ.

ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީހެއް އަޅަން ނިންމާފައިވަނީ، ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަމާއި އެ އޮތޯރިޓީ އަށް ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމު ކުރުމަށް ޖާގަ ތަނަވަސް ތަނެއް ހޯދުމުގެ ބޭނުމުގައި ކަމަށް އެމްއެމްއޭއިން މީގެކުރިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިވިޔަފާރި | 17 ދުވަސް ކުރިންބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފިވިޔަފާރި | 22 ދުވަސް ކުރިންބޭސްފަރުވާއަށް ދޫކުރާ 1،000 ޑޮލަރުގެ އުސޫލު ހަރުދަނާކޮށް، ޚާއްޞަ 6 ޤައުމަކަށް ކަނޑައަޅައިފިޚަބަރު | 23 ދުވަސް ކުރިންއެމްއެމްއޭ ފިންލިޓް ފެސްޓިވަލްގެ އާޓް މުބާރާތުގައި ބައިވެރވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން