logo
Bank of Maldives

Bank of Maldives

ކުޅިވަރު

2013 ގައި ރޮނާލްޑޯއަށް ބެލަންޑިއޯ ދިން މައްސަލައިގައި ރިބެރީ އަދިވެސް ރޮނީ

އަބްދުﷲ ޣާނިމް
22 މާރިޗު 2025 - 06:21
ފްރޭންކް ރިބެޜީ ބަޔާން ޖޯޒީގައި.
ފްރޭންކް ރިބެޜީ ބަޔާން ޖޯޒީގައި.

ބަޔާން މިއުނިކްގެ ކުރީގެ ތަރި ފްރޭންކް ރިބެރީ 2013 ވަނަ އަހަރުގެ ބެލޮން ޑީ އޯ އެވޯޑް އޭނާއަށް ނުލިބުނު މައްސަލައާއި ގުޅޭގޮތުން މީޑިޔާގައި ވާހަކަ ދައްކައިފިއެވެ. އެގޮތުން ރިބެރީ ބުނެފައިވަނީ އެއަހަރުގައި އޭނާއަށް ބެލަންޑިއޯ އޭނާއަށް ޙައްޤު ކަމަށާއި ނަމަވެސް އޭނާއަށް ބެލަންޑިއޯ ނުލިބުނީ ކީއްވެކަމެއް އަދިވެސް އޭނާއަށް ނޭނގޭކަމަށެވެ.

2013 ވަނަ އަހަރަކީ ރިބެރީގެ ކެރިއަރުގައި އެންމެ ފޮނި އަހަރުތަކުގެ ތެރެއިން އަހަރެކެވެ. އެ އަހަރު ބަޔާން މިއުނިކް އާއެކު ޗެމްޕިއަންސް ލީގް ކާމިޔާބުކުރި ރިބެރީ ވިދާޅުވެފައިވަނީ އެއީ އޭނާއަށް އިތުރަށް ހޯދޭނެ އެއްވެސް ކާމިޔާބީއެއް ނެތް ފުރިހަމަ އަހަރެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

" ބެލޮން ޑީ އޯ އަކީ އަބަދުވެސް އިންސާފުވެރިނޫން ނިންމުމެއް. އަދިވެސް އަހަރެން ޖަވާބު ހޯދަމުން މި ދަނީ. ވޯޓުލުން ދެ ހަފްތާއަށް ވުރެ ދިގު މުއްދަތަކަށް ލަސްކުރި ސަބަބު އަހަރެންނަކަށް ނޭނގޭ،" ރިބެރީ ވިދާޅުވިއެވެ.

އެ އަހަރު ބެލޮން ޑީ އޯ ކާމިޔާބުކުރެއްވީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ނަމަވެސް ރިބެރީ ވިދާޅުވެފައިވަނީ މެސީއާއި ރޮނާލްޑޯ އަބަދުވެސް އޭނާއަށް އިހްތިރާމް ކުރައްވާ ކަމަށާއި އެ ދެ ކުޅުންތެރިންނާ އެއް ހަމައެއްގައި އޭނާ ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"ތެދުތެދަށްބުނާނަމަ 2013 ވަނަ އަހަރު އެ ދެ ކުޅުންތެރިންނަށް ވުރެ މަތީގައި އަހަރެން ހުރިން،" ރިބެރީ ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަފީނިޔާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް މެސެޖުތަކެއް. މިއީ ހަމަ ޙައްގު މިންވަރުބާ؟ރިޕޯޓް | 2 މަސް ކުރިންމުޅި އާއިލާ ގޮވައިގެން ދިޔަ ޔަމާލްއަށް ނުލިބި ބެލަންޑޯ ޑެމްބެލޭއަށްކުޅިވަރު | 3 މަސް ކުރިންމިއަހަރުގެ ބެލަންޑިއޯ ވެސް ރެއާލް މެޑްރިޑުން ބޮއިކޮޓްކުރަނީ؟!ކުޅިވަރު | 4 މަސް ކުރިންމި އަހަރުގެ ބެލަންޑިއޯ އަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓް އިޢުލާންކޮށްފިކުޅިވަރު | 4 މަސް ކުރިން