logo
MPL

MPL

ކުޅިވަރު

ލިވަރޕޫލުން ރޮޑްރީގޯގެ ސޮއި ހޯދުމަށް މަސައްކަތް ކުރަނީ

އަބްދުﷲ ޣާނިމް
23 މާރިޗު 2025 - 05:49
ރޮޑްރީގޯ. ފޮޓޯ: ގޯލް
ރޮޑްރީގޯ. ފޮޓޯ: ގޯލް

މުހައްމަދު ސަލާހް ކޮންޓްރެކްޓް އައުނުކޮށްފިނަމަ، ރިއަލް މެޑްރިޑްގެ ބްރެޒިލް ކުޅުންތެރިޔާ ރޮޑްރީގޯ ގެނައުމަށް ބޮޑު އަގެއް ހުށަހެޅުމަށް ލިވަރޕޫލް ތައްޔާރުވަމުންދާ ކަމަށް ފިޗާޖެސް އިން ރިޕޯޓުކޮށްފި އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އާނެ ސްލޮޓް މެނޭޖުކުރާ ލިވަރޕޫލުން ރޮޑްރީގޯ ގެނައުމަށް ރިއަލް މެޑްރިޑަށް 120 މިލިއަން ޔޫރޯ ހުށަހެޅުމަށް ރާވަމުންދެ އެވެ. ނަމަވެސް 2028 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ރިއަލް މެޑްރިޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ރޮޑްރީގޯ ރެއާލް މެޑްރިޑުން ދޫކޮށްލުމަކީ ނާދިރު ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކިލިއަން އެމްބާޕޭ ރިއަލް މެޑްރިޑަށް ގެނައުމަށް ތައްޔާރުވަމުންދިޔަ ދުވަސްވަރު، އެމްބާއްޕޭ ކުޅުވާނީ ރޮޑްރީގޯގެ ބަދަލުގައި ކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވުނުނަމަވެސް ކާލޯ އެންސެލޮޓީގެ ދަށުން ރޮޑްރީގޯ ވަނީ ޓީމުގެ ފުރަތަމަ 11 ގައި މުހިންމު ކުޅުންތެރިއަކަށް ވެފަ އެވެ. އަދި އޭނާގެ ކެރިއަރ ރެއާލް މެޑްރިޑްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށާއި ކުލަބުގެލެޖެންޑަކަށް ވުމަކީ އޭނާގެ އަމާޒެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެންފީލްޑްގައި ސަލާހްގެ މުސްތަގުބަލާ މެދު ނިންމުމެއް ނުނިންމާ އޮތް ނަމަވެސް، ލިވަރޕޫލުން ދެކޭ ގޮތުގައި ރޮޑްރީގޯ އަކީ އޭނާގެ ބަދަލުގައި ގެނެވިދާނެ އެންމެ ރަނގަޅު ކުޅުންތެރިޔާ އެވެ. ނަމަވެސް ރިއަލް މެޑްރިޑުން ބުނާ ގޮތުގައި އެ ކުލަބުގެ ދުރު ރާސްތާގެ ޕްލޭންގައި ރޮޑްރީގޯ ހިމެނޭތީ، ރިލީޒް ކްލޯޒްގެ އަގު ނޫން އެހެން އަގަކަށް އޭނާ ވިއްކާލުމަށް ގަސްތެއް ނުކުރެ އެވެ.

ލިވަރޕޫލްގެ އިތުރުން ރޮޑްރީގޯގެ ސޮއި ހޯދުމަށް މެންޗެސްޓަރ ސިޓީއިންވެސް ޝައުގުވެރިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ފަރަގު ކުޑަކޮށްފިކުޅިވަރު | 3 ދުވަސް ކުރިންއުދުހިފައި އުޅުނު ބާސެލޯނާ ހަމަބިމަށް ތިރިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ހަވަރަށްދީފިކުޅިވަރު | 10 ދުވަސް ކުރިންކުއްލިގޮތަކަށް ރެއާލް މެޑްރިޑްގެ ކީޕަރު ބަލިވެ، މިރޭގެ މެޗުގެ ކުރިން އިތުރު ހާސްކަމެއްކުޅިވަރު | 10 ދުވަސް ކުރިންލައިޕްޒިގް ބަލިކޮށް ރެއާލް މެޑްރިޑުން ފުރިހަމަ ރެކޯޑު ދަމަހައްޓައިފިކުޅިވަރު | 14 ދުވަސް ކުރިން