logo
MPL

MPL

ޚަބަރު

ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 މާރިޗު 2025 - 12:32
ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އެ މަޤާމުތަކުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވިދާޅުވެފައިވަނީ، މރ. ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ މރ. ޕެޓަރސަން-ޖޯންސް ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯކަމުގެ މަޤާމަށް އައްޔަންކުރެވުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. އެހެންކަމުން، އޭނާ މި މަޤާމުގައި ހުންނެވީ ގާތްގަނޑަކަށް 8 މަސްދުވަހުގެ މުއްދަތަކަށެވެ.

 

View post on Twitter

 

މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ބޭންކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުން އަފީފު ވަކިކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއެމްޓީސީސީގެ ބޯޑަށް ޔާސީން ޚަބަރު | 2 އަހަރު ކުރިންޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އިސްތިއުފާ ދެއްވައިފިޚަބަރު | 2 އަހަރު ކުރިންއެމްފޯމްޕީސީގެ ޗެެއާޕަސަނަކަށް ޝަރީފްޚަބަރު | 2 އަހަރު ކުރިން