logo
MPL

MPL

ޚަބަރު

އެމްޓީސީސީގެ ބޯޑަށް ޔާސީން ހަމަޖައްސައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޭޕްރީލު 2025 - 07:00
އެމްޓީސީސީގެ ބޯޑަށް ޔާސީން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެންބަރަކު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި، އެމްޓީސީސީގެ ބޯޑުގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ ހުޅުމާލެ، ހިޔާ، 8-01-04 ގޭގެ ޔާސީން ހުސައިން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔާސީން ހުސައިނަކީ މިހާރުވެސް ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންޓްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ތަޢުލީމީ ފެންވަރަށް ބަލާއިރު، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.

މީގެ ކުރިން ޔާސީން ވަނީ ފިނޭންސް މިނިސްޓްރީގެ ފައިނޭންޝިއަލް އެކައުންޓިން އެންޑް ކޮންޓްރޯލިންގް ކޮންސަލްޓަންޓްގެ މަޤާމުވެސް އަދާކުރައްވާފައެވެ. މި ތަޖުރިބާތަކާއެކު، އެމްޓީސީސީގެ ބޯޑަށް ޔާސީން ގެނައުމަކީ ކުންފުނީގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުން އަފީފު ވަކިކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީޚަބަރު | 3 ދުވަސް ކުރިންދިއްދޫގައި އަލަށް އެޅި ވޮލީ ކޯޓް، ރަސްމީކޮށް ހުޅުވައިފިޚަބަރު | 3 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 9 ދުވަސް ކުރިން