logo
E-Platinum
ކުޅިވަރު

ޕެނަލްޓީގައި ކްރޮއޭޝިއާ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް

އަބްދުﷲ ޣާނިމް
24 މާރިޗު 2025 - 04:53
ފްރާންސް ވަނީ ކްރޮއޭޝިއާ ބަލިކޮށް ސެމީއަށް ދަތުރުކޮށްފައި. ފޮޓޯ: ފްރާންސް ފުޓްބޯލް އެސޯސިއޭޝަން
ފްރާންސް ވަނީ ކްރޮއޭޝިއާ ބަލިކޮށް ސެމީއަށް ދަތުރުކޮށްފައި. ފޮޓޯ: ފްރާންސް ފުޓްބޯލް އެސޯސިއޭޝަން

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ކްރޮއޭޝިއާ ޕެނަލްޓީގައި ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ. ޕެރިހުގެ ސްޓޭޑްޑި ފްރާންސްގައި ކުޅުނު މި މެޗުން ފްރާންސް ވަނީ 5-4 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި ދެ ޓީމު ފުރަތަމަ ލެގުގައި ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ މޮޅުވެފައިވާއިރު، ރޭ ކުޅުނު މެޗުން ފްރާންސް ވަނީ ހަމަ މި ނަތީޖާއިން މޮޅުވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ 52 ވަނަ މިނިޓުގައި މައިކަލް އޮލިސޭ އެވެ. މެޗުގެ 80 ވަނަ މިނިޓުގައި އުސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ އެގްރިގޭޓް ނަތީޖާ 2-2 އަށް ހަމަހަމަކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމާއެކު މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ފްރާންސްގެ ގޯލްކީޕަރު މައިކް މައިގްނަން ވަނީ ކްރޮއޭޝިއާގެ ތިން ޕެނަލްޓީ ދިފާއުކޮށް، ޓީމަށް މޮޅުވުން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ފްރާންސްގެ ތިއޯ ހަނާންޑޭޒް އާއި ޖޫލްސް ކޫންޑޭ ގެ ޕެނަލްޓީތައް ނާކާމިޔާބުވުމާ ގުޅިގެން އިތުރު ޕެނަލްޓީތަކެއް ޖަހަން ޖެހުނެވެ. ކްރޮއޭޝިއާގެ ޖޮސިޕް ސްޓެނިސިޗް ގެ ހަތްވަނަ ޕެނަލްޓީ މައިގްނަން ދިފާއުކުރުމާއެކު، ޑަޔޮޓް އުޕެމަކާނޯ ވަނީ ފްރާންސަށް މޮޅުވުން ހޯދައިދީފައެވެ.

2021 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސް މިހާރު ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލްގައި ފްރާންސް ވާދަކުރާނީ ސްޕެއިން އާއި ދެކޮޅަަށެވެ.
މިދެޓީމު ވާދަކުރާ ސެމީ ފައިނަލް މެޗު ކުޅެވޭނީ ޖޫން 5 ވަނަ ދުވަހުގެ ރޭގަނޑު ރާއްޖެގަޑިން 11:45 ގައި ސްޓަޓްގާޑްގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާޕޭ ފްރާންސް ފުލުހުންނަށް ފައިސާ ދިން މައްސަލަ ތަހުގީގު ކުރަނީކުޅިވަރު | 12 ދުވަސް ކުރިންއެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލްކުޅިވަރު | 2 މަސް ކުރިން ފްރާންސް ނޭޝަންސް ޅީގު ސެމީ ފައިނަލަށްކުޅިވަރު | 4 މަސް ކުރިންވަރުގަދަ ފްރާންސް ބަލިކޮށް ކްރޮއޭޝިއާއިން ސެމީއާ ގާތަށްކުޅިވަރު | 4 މަސް ކުރިން