logo
ކުޅިވަރު

ޕެނަލްޓީގައި ނެދަލަންޑްސް ބަލިކޮށް ސްޕެއިން ނޭޝަންސް ލީގުގެ ސެމީއަށް

އަބްދުﷲ ޣާނިމް
24 މާރިޗު 2025 - 04:57
ޔަމާލް ވަނީ ރޭގައި ގޯލު ޖަހާފައި. ފޮޓޯ: ސްޕެއިން ޤައުމީ ޓީމު
ޔަމާލް ވަނީ ރޭގައި ގޯލު ޖަހާފައި. ފޮޓޯ: ސްޕެއިން ޤައުމީ ޓީމު

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ ޕެނަލްޓީގައި ނެދަލަންޑްސް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ. މި މެޗުގެ ނިމުނީ 3-3 އިންނެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓުން ސްޕެއިން ކުރިހޯދީ 4-3 އިން ނެވެ.

ސްޕެއިންގެ މަސްޓެއްލާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 8 ވަނަ މިނިޓުގައި ސްޕެއިންގެ މިކެލް އޮޔަރްޒަބަލް އެވެ. އޭރިޔާ ތެރެއިން އޭނާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ މެމްފިސް ޑިޕޭ ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗެވެ.

Hajj Corpooration

މެޗުގެ ތެރޭގައި އޮޔަރްޒަބަލް އިތުރު ލަނޑެއް ޖަހާ ސްޕެއިން އަށް ލީޑު ހޯދައިދިންނަނަމެވްސް ނެދަލޭންޑްސްގެ އިއާން މާޓްސެން ވަނީ 79 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އަނެއްކާވެސް އެއްވަރުކޮށްފައެވެ. މިއީ އޭނާ ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 90 މިނެޓު ހަމަވިއިރު 2-2 އިން އެއްވަރުވެފައިވުމާއެކު އިތުރު ވަގުތު ދެވުނެވެ. އިތުރު ވަގުތުގައި ސްޕެއިންގެ ލަމީން ޔަމާލް އާއި ނެދަލޭންޑްސްގެ ޒަވީ ސައިމަން ލަނޑު ޖެހުމުން މެޗު ދިޔައީ ޕެނަލްޓީ ޝޫޓްއައުޓަށެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ސްޕެއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވެފައިވަނީ ލަމީން ޔަމާލް ޖެހި ޕެނަލްޓީ އެކަންޏެވެ. އަދި ނެދަލޭންޑްސްގެ ނޮއާ ލޭންގްގެ އިތުރުން ޑޮންޔެލް މަލެންގެ ޕެނަލްޓީ ނާކާމިޔާބުވުމުން މެޗު ނިމުނީ ސްޕެއިން 4-3 އިން ކުރިހޯދައިގެންނެވެ.

ސެމީގައި ސްޕެއިން ފްރާންސް އާއި ވާދަކުރަންޖެހޭއިރު މިދެޓީމު ވާދަކުރާ ސެމީ ފައިނަލް މެޗު ކުޅެވޭނީ ޖޫން 5 ވަނަ ދުވަހުގެ ރޭގަނޑު ރާއްޖެގަޑިން 11:45 ގައި ސްޕެއިނުގައެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފިކުޅިވަރު | 2 މަސް ކުރިންއެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލްކުޅިވަރު | 2 މަސް ކުރިންނޭޝަންސް ލީގު ފައިނަލުގައި ރޮނާލްޑޯ އާއި ޔަމާލްގެ ކުރިމަތިލުން މިރޭކުޅިވަރު | 2 މަސް ކުރިންޔަމާލްގެ މޮޅުކުޅުމާއެކު ޑެމްބެލޭ އަދި އެމްބާއްޕޭ ސައިޒުކޮށް ސްޕެއިން ފައިނަލަށްކުޅިވަރު | 2 މަސް ކުރިން