logo
ކުޅިވަރު

ޑެންމާކު ބަލިކޮށް ނޭޝަންސް ލީގުގެ ސެމީފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
24 މާރިޗު 2025 - 05:13
ރޮނާލްޑޯ ރޭގެ މެޗުގައި ގޯލުޖުމަށްފަހު ސެލެބްރޭޓް ކުރަނީ. ފޮޓޯ: ފަބްރީޒިއޯ
ރޮނާލްޑޯ ރޭގެ މެޗުގައި ގޯލުޖުމަށްފަހު ސެލެބްރޭޓް ކުރަނީ. ފޮޓޯ: ފަބްރީޒިއޯ

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި އިތުރު ވަގުތުގެ 30 މިނެޓުގެ ކުޅުމާއެކު 5-2 ގެ ނަތީޖާއަކުން މޮޅުވެ، ސެމީ ފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފި އެވެ.

މި ދެ ޓީމުގެ ފުރަތަމަ ލެގުގައި ޑެންމާކުން 1-0 އިން މޮޅުވެފައިވާއިރު، ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު ޕޯޗުގަލް އިން ވަނީ 3-2 އިން މޮޅުވެފައެވެ. އެހެންކަމުން އެގްރިގޭޓް 3-3 އިން އެއްވަރުވެފައިވުމުން ނަތީޖާނެރެންޖެހުނީ އިތުރުވަގުތުގެ 15 މިނެޓުގެ ދެހާފު ކުޅެގެންނެވެ.

Hajj Corpooration

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖެހުނީ 38 ވަނަ މިނެޓުގައި ޑެންމާކުގެ ޖޯކިމް އެންޑަސަންގެ އަތުން ބައިކޮޅަތް ވަތް ގޯލަކުންނެވެ.

ދެވަނަ ހާފުގައި ރަސްމުސް ކްރިސްޓެންސަން މެދުވެރިކޮށް ޑެންމާކުން މެޗު އެއްވަރުކުރި ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ޖެހި 136 ވަނަ ލަނޑާއެކު ޕޯޗުގަލް އަލުން ކުލީޑު ނެގިއެވެ. ނަމަވެސް 70 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަންގެ ގޯލަކުން ޑެންމާކުން މެޗު އަނެއްކާވެސް އެއްވަރުކުރިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވަނިކޮށް 86 ވަނަ މިނެޓުގައި ޓްރިންކާއޯ ވަނީ ގޯލެއް ޖަހައި އެގްރިގޭޓުން ޕޯޗުގަލް ހަމަކޮށްދީފައެވެ. އިތުރު ވަގުތުގެ ދެހާފުގައި ޓްރިންކާއޯ އާއި ގޮންޒާލޯ ރާމޯސް ދެ ލަނޑު ޖަހައިޕޯޗުގަލް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.

މި މޮޅުވުމާއެކު ޕޯޗުގަލް ވަނީ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީގައި ޕޯޗުގަލް ނިކުންނާނީ އަންނަ ޖޫންމަހުގެ 4 ވަނަދުވަހުގައި ޖަރުމަނާއި ދެކޮޅަށެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ޖޯޒީގައި 132 މެޗުން މޮޅުވެ، ޤައުމީ ޖޯޒީގައި އެންމެ ގިނަ މޮޅުހޯދި ކުޅުންތެރިޔާގެ ގޮތުގައި ގިނީސް ވޯލްޑް ރެކޯޑު ފޮތުން ޖާގަހޯދާފައެވެ.

485807840_1296846772242811_67277782190611479_n.jpg

ރޮނާލްޑޯ ވަނީ ގިނީސް ވޯލްޑް ރެކޯޑްފޮތުން އަނެއްކާވެސް ޖާގަ ހޯދާފައި. ފޮޓޯ: ފަބްރީޒިއޯ

 

ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ގިނަ ގޯލުޖަހާފައިވާ ރޮނާލްޑޯ ރޭގެ ގޯލާއެކު އޭނާގެ ކެރިއަރުގައި މިހާތަނަށް ވަނީ 929 ގޯލު ޖަހާފައެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެކުޅިވަރު | 2 ދުވަސް ކުރިންކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެއްޖެކުޅިވަރު | 6 ދުވަސް ކުރިންރޮނާލްޑޯގެ ޝަކުވާތަކަށް ތިންއަހަރުފަހުން ޔުނައިޓެޑުން ޓްރެއިނިންގް ގްރައުންޑް އަޕްގްރޭޑްކޮށް ހުޅުވައިފިކުޅިވަރު | 8 ދުވަސް ކުރިންއަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފިކުޅިވަރު | 2 މަސް ކުރިން