logo
Bank of Maldives

Bank of Maldives

ޚަބަރު

މުރައިދޫގައިވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

އަޙްމަދު ޒަލީފް
24 މާރިޗު 2025 - 09:28
މުރައިދޫގައިވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހއ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. މުރައިދޫގައި މި ޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާއިި ބެހޭ ވަޒީރު ޠާރިގް އިބްރާހީމެވެ. 

ހއ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތި އުތުރުބުރީގެ ބައެއް ރަށްރަށަށް ޖެނުއަރީ މަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ މިއަހަރެ ނިޔަލަށް 250 އަށްވުރެ ގިނަ ސެލްފު ސަރވިސް އޭޓީއެމް ޤާއިމްކުރެވޭނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންނަގަވާފައެވެ. އަދި ފައިސާ ނެންގެވި ކާޑު ވަނީކައުންސިލާ ޙަވާލުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޓީއެމްގެ ޚިދުމަތާއެކު ކަމަދޫ ރައްޔިތުންނަށްވެސް ބޮޑު ފަސޭހައެއް ޚަބަރު | އަހަރެއް ކުރިންވަޢުދު ރަނުން ރަނަށް: ލަންދޫގައި އޭޓީއެމް ޤާއިމުކޮށް، ޚިދުމަތް ފަށައިފި ޚަބަރު | އަހަރެއް ކުރިންހެނބަދޫއާއި ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި ޚަބަރު | އަހަރެއް ކުރިން5 މަސްތެރޭގައި 28 އޭޓީއެމް، މިއަހަރު ނިމޭއިރު 250 އަށް އަރާނެ ޚަބަރު | އަހަރެއް ކުރިން