logo
Bank of Maldives

Bank of Maldives

ޚަބަރު

5 މަސްތެރޭގައި 28 އޭޓީއެމް، މިއަހަރު ނިމޭއިރު 250 އަށް އަރާނެ

އަޙްމަދު ޒަލީފް
13 އޭޕްރީލު 2025 - 14:50
5 މަސްތެރޭގައި 28 އޭޓީއެމް، މިއަހަރު ނިމޭއިރު 250 އަށް އަރާނެ

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ދަށުން 28 ރަށެއްގައި މިހާތަނަށް އޭޓީއެމް ބަހައްޓާފައިވާކަމަށް އެބޭންކުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރުޢު ފެށިފަހުން މިވީ 5 މަސް ދުވަހުގެ ތެރޭގައި 28 އޭޓީއެމް ބީއެމްއެލްއިން ވަނީ ބަހައްޓާފައެވެ. މިވަގުތުވެސް 6 އަތޮޅެއްގެ 40 ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއާޢެކު އަހަރު ނިމޭއިރު ބީއެމްއެލްގެ 250އަށް ވުރެ ގިނަ އޭޓީއެމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނާނެކަމަށް ބޭންކުން ވިދާޅުވެއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޮއިކޮށް ފެށި މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރުގެ ނިޔަލަށް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ސަބަބުން ބޭންކިންގ ނިޒާމަށް ވަންނަ ފައިސާ އިތުރުވާން މަގު ފަހިވެގެންދާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

އޭޓީއެމްގެ ބޭނުން ކުރާ ހުރިހާ ފަރާތަކުންވެސް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް ވަކި ކަންކަމަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި ބާވެފައިވާ ފައިސާއާއި، ފައިސާ ނޫޓު ނޫން އެހެން އެއްޗެތި ނުލުމާއި ވަކި ލާރި ނުލުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.

ބޭންކުގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ބޭންކިންގ ހިދުމަތްތަށް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއްވެސް ބީއެމްއެލްއިން ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޓީއެމްގެ ޚިދުމަތާއެކު ކަމަދޫ ރައްޔިތުންނަށްވެސް ބޮޑު ފަސޭހައެއް ޚަބަރު | އަހަރެއް ކުރިންވަޢުދު ރަނުން ރަނަށް: ލަންދޫގައި އޭޓީއެމް ޤާއިމުކޮށް، ޚިދުމަތް ފަށައިފި ޚަބަރު | އަހަރެއް ކުރިންހެނބަދޫއާއި ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި ޚަބަރު | އަހަރެއް ކުރިން5 މަސްތެރޭގައި 28 އޭޓީއެމް، މިއަހަރު ނިމޭއިރު 250 އަށް އަރާނެ ޚަބަރު | އަހަރެއް ކުރިން