logo
ޚަބަރު

ރާއްޖޭގެ ތާރީހީ ތަންތަން މުޅި ދުނިޔެއަށް ދައްކަންޖެހޭ - މިނިސްޓަރ

އަޙްމަދު ޒަލީފް
24 މާރިޗު 2025 - 09:39
ރާއްޖޭގެ ތާރީހީ ތަންތަން މުޅި ދުނިޔެއަށް ދައްކަންޖެހޭ - މިނިސްޓަރ

ރާއްޖޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނަކީ މުޅި ދުނިޔެއަށް ދައްކުވައިދޭންޖެހޭ ތަންތަން ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ތަކަންދޫގައި ބީއެމްއެލް އޭޓިއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މިއަހަރުގެ ޖެނުއަރީމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ތަކަންދޫގައި ހުރި ތާރިޚީ ތަންތަން ބައްލަވާލައްވާފައިވާކަމަށެވެ.

އަދި އެފަދަ ތަންތަނަކީ ދިވެހިންގެ ސަޤާފަތާއި ތާރީޚް ދައްކުވައިދޭ ތަންތަންކަމަށްވުމުން އެތަންތަން ހިމާޔަތްކުރުމަކީ މުހިންމުކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަކަންދޫއަކީ ޤައުމީ ވިސްނުމެއްގައި، ސަމާލުކަން ދޭންޖެހޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޤައުމިއްޔަތު ރައްކާތެރިކުރުމުގެ ޚާއްޞަ މަޝްރޫޢުގެ ތެރޭގައި ތަކަންދޫ ހިމަނާފައިވާކަމަށް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ތަކަންދޫގައި ހުރި ތާރީޚީ ތަންތަން، އެ ތަންތަނަށް ދޭންވާ އިސްކަންދީގެން، ބަޖެޓުން ޚަރަދުކޮށް، އެ ތަންތަން ސަލާމަތްކޮށް، އާބާތުރަފިލުވައި، އޭގެ ޙަޤީޤީ އައިޑެންޓިޓީއަށް އިއާދަކޮށް، ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގާނެކަމަށެވެ. އަދި ތާރީޚު ދަސްކުރަން ބޭނުންވާ، އަދި ދިރާސާކުރާ، ކިޔަވާ ދިވެހި ކުދިންނާއި ރައްޔިތުންނަށްވެސް، އޭގެ ނަފާ ލިބޭގޮތަށް މި ތަންތަން ދެމެހެއްޓުމަކީ ސިޔާސަތުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިންގަޕޫރުގެ އިތުރު އިންވެސްޓަރުން ރާއްޖެ ގެނެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް - މިނިސްޓަރ ޚަބަރު | 2 މަސް ކުރިންރާއްޖެއަށް މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެއް - މިނިސްޓަރ ޚަބަރު | 2 މަސް ކުރިންެމެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލަތު މިދަނީ ބަލަމުން - މިނިސްޓަރ ޚަބަރު | 2 މަސް ކުރިންރާއްޖޭގެ ތާރީހީ ތަންތަން މުޅި ދުނިޔެއަށް ދައްކަންޖެހޭ - މިނިސްޓަރ ޚަބަރު | 5 މަސް ކުރިން