logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއިން ޔަމަނަށް ދެމުންދާ ހަމަލާތަކުގެ މަޢުލޫމާތު ލީކުވުމުގެ ސަބަބުން ބޮޑު ހަލަބޮލިކަމެއް

އާމިނަތު ޝަފާ
25 މާރިޗު 2025 - 07:12
އެމެރިކާއިން ޔަމަނަށް ދެމުންދާ ހަމަލާތަކުގެ މަޢުލޫމާތު ލީކުވުމުގެ ސަބަބުން ބޮޑު ހަލަބޮލިކަމެއް

އެމެރިކާއިން ޔަމަނުގެ ހޫތީންނާ ދެކޮޅަށް  ކުރިއަށްގެންދާ ހަމަލާތަކުގެ މައުލޫމާތު ލީކުވެފައިވާކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ޔަމަނުގެ ހޫތީންނާ ދެކޮޅަށް ކުރިއަށް ގެންދާ ހަމަލާތަކާ ބެހޭ ގޮތުން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި ނައިބު ރައީސް ޖޭޑީ ވެންސް އަދި އެހެން އިސް އޮފިޝަލުން މަޝްވަރާ ކުރެއްވި ގްރޫޕް ޗެޓެއްގައި ނޭނގުމެއްގެ ތެރޭގައި ނޫސްވެރިއަކު ހިމެނިފައިވާކަން ވައިޓްހައުސްއިންވަނީ ކަށަވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަމަލާތައް އިއުލާނުކުރެއްވީ މާޗްމަހުގެ 15 ވަނަ ދުވަހު ނަމަވެސް ދި އެޓްލާންޓިކް މަޖައްލާގެ އެޑިޓަރ އިން ޗީފް ޖެފްރީ ގޯލްޑްބާގް ވަނީ ހަމަލާތައް ފެށުމުގެ އެތައް ގަޑިއިރެއްކުރިން މި މައުލޫމާތު އޭނާއަށް ލިބިފައިވާކަމަށް ބުނެ ސްކްރީން ޝޮޓްތަކެއްވެސް އާއްމުކޮށްފައެވެ.

މިކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައިވަނީ އެކަމުގެ އެއްވެސް މައުލޫމާތެއް ނޭނގޭކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރ ކްރިސް ކޫންސް ވަނީ މައްސަލަ ތަޙުޤީޤުކުރުމަށް ގޮވާލާފައެވެ. އޭނާ ވިދާޅުވި ސަރުކާރުގެ އިސް ބޭފުޅުން ރަސްމީ ޕްލެޓްފޯމްތައް ނޫންތަންތަނުގައި ހަނގުރާމައިގެ ޕްލޭންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނަމަ، އެއީ ސިއްރު މަޢުލޫމާތު ހިއްސާކުރުމުގެ މިންގަނޑުތަކާ ޚިލާފު ކަމެއްކަމަށާއި އަދި މިކަމުގެ ސަބަބުން އެމެރިކާގެ ސިފައިންނަށް ނުރައްކާވެދާނެ ކަމަށެވެ.

ޑިފެންސް ސެކްރެޓަރީ ހެގްސެތު މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވިއިރު ސެކިއުރިޓީ ބްރީޗްވުމުގެ ޒިންމާ އުފުލާފައެއްނުވެއެވެ. އޭގެ ބަދަލުގައި އޭނާ ވަނީ އެ ޗެޓްގައި "ހަނގުރާމައިގެ ޕްލޭނެއްގެ ވާހަކަ ނުދައްކާ" ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޖެފްރީ ގޯލްޑްބާގް ވަނީ ޔަމަނަށް ހަމަލާދިނުމުގައި ހޭދަވާނެ ވަގުތާއި ހަމަލާދިނުމަށް ބޭނުންކުރާ ހަތިޔާރުތައްފަދަ މައުލޫމާތު ގްރޫޕުގައި ހިއްސާކުރިކަމަށް ބުނެފައެވެ.

ޣައްޒާއަށް ޔަހުދީ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ރަތް ކަނޑުން ދަތުރުކުރާ އުޅަދުތަކަށް ޔަމަނުގެ ހޫތީން އަންނަނީ ހަމަލާދެމުންނެވެ. އެމެރިކާއަކީ ޔަހޫދީން ހިންގާ ގަތުލުއާއްމުގައި އިސްދައުރެއް އަދާކުރާ ގައުމަކަށް ވާއިރު އިސްރާއީލު ދިފާއުކުރުމަށް އެމެރިކާއިން އަންނަނީ ޔަމަނަށް ހަމަލާތައް ދެމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ހުށަހެޅުންތަކާ މެދު އަހަރެން ހިތްހަމައެއް ނުޖެހޭ: ޓްރަމްޕްދުނިޔެ | 3 ގަޑިއިރު ކުރިންއެމެރިކާއިން ޔަމަނަށް ދެމުންދާ ހަމަލާތަކުގެ މަޢުލޫމާތު ލީކުވުމުގެ ސަބަބުން ބޮޑު ހަލަބޮލިކަމެއްދުނިޔެ | އަހަރެއް ކުރިން24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެދުނިޔެ | އަހަރެއް ކުރިންއަލިފާނުގެ ހާދިސާ ދިމާވީ ޔަހޫދީނާ ހެދި ދުނިޔެ | އަހަރެއް ކުރިން