logo
ލޮނުޒިޔާރަތްމަގުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ހާދިސާއެއްގައި ގިނަ ޢަދަދެއްގެ ސައިކަލަށް ގެއްލުންވެއްޖެ Bank of Maldives

Bank of Maldives

ޚަބަރު

ތިލަމާލެ ބުރިޖުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ

އާމިނަތު ޝަފާ
27 މާރިޗު 2025 - 06:30
ތިލަމާލެ ބުރިޖުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބުރިޖުގެ 52.44 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ހަތަރު ސަރަހައްދެއް ގުޅުވާލައި މިހާތަނަށް މި މަސައްކަތަށް ޖީއެސްޓީ ނުހިމެނޭހެން 251,563,940.20 ( ދުއިސައްތަ ފަންސާސް އެއް މިލިއަން ފަސް ލައްކަ ފަސްދޮޅަށް ތިންހާސް ނުވަ ސަތޭކަ ސާޅީސް ޑޮލަރު ވިހި ސެންޓް) ހަރަދުކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 އަދި މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއަރ ކޮލަމްސް އެޅުމުގެ މަސައްކަތާއި އަދި ސުޕަރ ސްޓްރަކްޗަރގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅައިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.

މުޅި މަޝްރޫޢު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހަށެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށް 5 އަހަރުގެ ތެރޭގައި ނިންމަން ތާވަލުކުރިނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައިރުވެސް މަސައްކަތް ނިިމިފައެއްނުވެއެވެ.

ބުރިޖުގެ މަސައްކަތް ބާރު ސްޕީޑުގައި ހިނގައިގަތީ މި ސަރުކާރު އައި ފަހުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބްރިޖް މަޝްރޫޢުގެ 72.17 އިންސައްތަ މަސައްކަތް ނިމިއްޖެޚަބަރު | 3 ގަޑިއިރު ކުރިންތިލަމާލެ ބްރިޖް މަޝްރޫޢުގެ ޕައިލިންގ މަސައްކަތް ނިންމާލައިފިޚަބަރު | 10 މަސް ކުރިންތިލަމާލެ ބުރިޖުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ ޚަބަރު | އަހަރެއް ކުރިން