logo
ޚަބަރު

ރާއްޖެއާ ޗައިނާ ދެމެދު ވިޔަފާރީގެ މުޢާމަލާތް ދިވެހި ރުފިޔާއިން ކުރެވޭގޮތަށް ހަދަނީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
13 ސެޕްޓެމްބަރު 2024 - 11:22
ރާއްޖެއާ ޗައިނާ ދެމެދު  ވިޔަފާރީގެ މުޢާމަލާތް ދިވެހި ރުފިޔާއިން ކުރެވޭގޮތަށް ހަދަނީ

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ) އާ ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށް ރާއްޖޭން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެގައުމުގެ ދެމެދުގައި ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓުތައް ދެގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމްކުރެވި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާ ޗައިނާއާ ދެމެދު ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ. އެ މަޝްވަރާތަކުގައި ރާއްޖެއާއި ޗައިނާ އާ ދެމެދު އިސްތިރާޖީ އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެގައުމުގެ މެދުގައި އިގްތިސާދީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، މި ފަހުމުނާމާގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު، ދެ ގައުމުގެ ފައިސާއިން މުއާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓް ކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދު ފުޅާކުރުމާއި، މުހިންމު ބައިނަލްއަގްވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެއްވުމަށް، ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ވިޝަނަރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ޗައިނާއާ ރާއްޖެއާ ދެމެދ އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމާލާތު ކުރަމުން އަންނަ އިރު، ޗައިނާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ފަހުމުނާމާއަކީ ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުން ވަރުގަދަކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ ޓޫރިސްޓުން މިހާރަށް ވުރެ އިތުރުކުރަން ސަފީރުގެ ދެ ހުށަހެޅުމެއްޚަބަރު | 6 ދުވަސް ކުރިންރާއްޖެއަށް އެހީވުމުގައި އިންޑިޔާ އަބަދުވެސް ދެމި އޮންނާނެ ޚަބަރު | 7 މަސް ކުރިންޔޫޕީއާރު ވޯކިންގ ގްރޫޕްގެ 48 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާން ނިންމައިފިޚަބަރު | 8 މަސް ކުރިންދިވެއްސަކު ފުރަތަމަ ފަހަރަށް މިސް ޔުނިވާސަކަށް ވާދަކުރަނީޚަބަރު | 10 މަސް ކުރިން