logo
E-Platinum
ކުޅިވަރު

ވީއޭއެމްގެ އަހަރީ ޖަލްސާގައި 43.9 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 09:28
ވީއޭއެމް އިން މިދިޔަ މަހުގައި ބޭއްވި އެކްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން. ފޮޓޯ؛ ވީއޭއެމް
ވީއޭއެމް އިން މިދިޔަ މަހުގައި ބޭއްވި އެކްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން. ފޮޓޯ؛ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން 2024 ވަނަ އަހަރަށް އެކުލަވާލި 43.9 މިލިއަން ރުފިޔާގެ ބަޖެޓް ރޭ ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. ސޯޝަލް ސެންޓަރުގައި ބޭއްވުނު މި ޖަލްސާގައި ބަޖެޓް ފާސްކުރުމުގެ އިތުރުން، މި އަހަރުގެ ހަރަކާތްތަކުގެ ކަލަންޑަރާއި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ޔައުމިއްޔާވެސް ވަނީ ފާސްކޮށްފައެވެ.

ވީއޭއެމްގެ ފަރާތުން މިއަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ 4 މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވޮލީބޯޅައިގެ ދެ މުބާރާތަކާއި، ބީޗް ވޮލީ ބޯޅައިގެ 2 މުބާރާތް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަގުވާމީ 18 މުބާރާތެއްގައި ބައިވެރިވުމަށްވެސް ވަނީ ރޭވިފައެވެ.

ޓްރޭނިންގ ޕްރޮގްރާމްތަކާ ގުޅޭގޮތުން އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، މި އަހަރުގެ ތެރޭގައި ރާއްޖޭގައި 4 ޓްރޭނިންގ ޕްރޮގްރާމަކާއި، ރާއްޖޭން ބޭރުގައި 3 ޓްރޭނިންގ ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވޮލީބޯޅައިގެ 4 ޓްރޭނިންގ ކޭމްޕާއި ބީޗް ވޮލީބޯލީބޯޅައިގެ 2 ޓްރޭނިންގ ކޭމްޕް ހިމެނެއެވެ. އަދި 3 ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ހިންގުމަށް ވަނީ ރޭވިފައެވެ.

ވީއޭއެމްއިން އެންމެ އަވަހަށް ފެށިގެންދާނީ އޭޕްރީލް 2 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ބީޗް ވޮލީ ލީގެވެ. އޭގެ ފަހުން، އޭޕްރީލް 28 އިން މޭ 2 އަށް ނޭޝަނަލް ޗެމްޕިއަންޝިޕް އަންހެން ޑިވިޝަނާއި 21 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯލް ޗެމްޕިއަންިއަންޝިޕް ކުރިއަށްދާނެ ކަމަށެވެ.

މި އަހަރަށް ފާސްކުރެވުނު ބަޖެޓުން ވޮލީބޯޅައިގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވީއޭއެމްގެ ރައީސް މުޙައްމަދު ލަޠީފް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވޮލީބޯޅަ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލީގު ވެމްކޯ އާއި ޕޮލިސް ފެށީ މޮޅަކުންކުޅިވަރު | 3 މަސް ކުރިންޑިފެންޑިން ޗެމްޕިއަން ވެމްކޯ ފައިނަލަށްކުޅިވަރު | 3 މަސް ކުރިންވެމްކޯ ބަލިކޮށް ޕޮލިސް ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 3 މަސް ކުރިންވެމްކޯއާއި ޕޮލިސް އެއްވަނައިގައި ސެމީއަށްކުޅިވަރު | 3 މަސް ކުރިން