logo
ކުޅިވަރު

ލީގު ވެމްކޯ އާއި ޕޮލިސް ފެށީ މޮޅަކުން

އަބްދުﷲ ޣާނިމް
20 އޭޕްރީލު 2025 - 03:19
ވެމްކޯ އާއި ހުރާ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް
ވެމްކޯ އާއި ހުރާ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

މިއަހަރުގެ ވޮލީބޯލް ސީޒަންގެ ދެވަނަ މުބާރާތް ކަމުގައިވާ ނޭޝަނަލް ވޮލީބޯލް ލީގުގެ ފެށުމުގައި ޕޮލިސް ކްލަބާއި ވެމްކޯ ވަނީ މޮޅަކުން ފަށާފައެވެ.

ލީގުގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބުން ވަނީ ފްލެކްސަރ ސްޕޯޓްސް ކްލަބާ ކުރިމަތިލައި 3-1 އިން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން ޕޮލިސް ޓީމުން ކާމިޔާބުކުރިއެވެ. އެންމެ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ދެވަނަ ސެޓު ފްލެކްސަރއިން ކާމިޔާބުކުރީ 28-26 އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސޯފިއާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

492041940_1113477360820614_7460308333228006037_n.jpg

ޕޮލިސް ކްލަބުން ވަނީ ފްލެކްސަރ ސްޕޯޓްސް ކްލަބު ބަލިކޮށްފައި. ފޮޓޯ: ވީއޭއެމް

 

ދެވަނަ މެޗުގައި ވެމްކޯއިން ވަނީ ހުރާ ކޮމިއުނިޓީ ކްލަބާ ކުރިމަތިލައި 3-1 އިން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-19 އިންނެވެ. ދެވަނަ ސެޓު 25-22 އިން ކާމިޔާބުކުރުމަށްފަހު، ތިންވަނަ ސެޓު ހުރާއިން 25-16 އިން ކާމިޔާބުކުރިއެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި ވެމްކޯގެ ކުޅުން އިތުރަށް ރަނގަޅުވެ، 25-15 އިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވިއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ޕައްޓިއާއެވެ.

މިއަހަރުގެ ވޮލީ ލީގުގައި 4 ޓީމު ވާދަކުރާއިރު، މިއީ މީގެ ދެވަނަ މުބާރާތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ވޮލީ ލީގުގެ ޗެންޕިއަންކަން ޕޮލިސް ކުލަބަށްކުޅިވަރު | 5 މަސް ކުރިންފްލެކްސަރ މޮޅުވެ ޤައުމީ މުބާރާޓުގެ އުއްމީދު އާކޮށްފިކުޅިވަރު | 5 މަސް ކުރިންފްލެކްސަރ ބަލިކޮށް ހުރާ ކޮމިއުނިޓީ މުހިންމު މޮޅެއްކުޅިވަރު | 5 މަސް ކުރިންސިޓީ ފްރެންޑްސް ކުލަބު މޮޅުވިއިރު، ފްލެކްސަރ އިން ޗެންޕިއަން ވެމްކޯ ބަލިކޮށްފިކުޅިވަރު | 5 މަސް ކުރިން