logo
ކުޅިވަރު

ޤައުމީ ވޮލީ ލީގުގެ ޗެންޕިއަންކަން ޕޮލިސް ކުލަބަށް

އަބްދުﷲ ޣާނިމް
28 އޭޕްރީލު 2025 - 04:28
ޤައުމީ ވޮލީ ލީގުގެ ޗެންޕިއަންޓީމް ޕޮލިސް. ފޮޓޯ: ޕީއެސްއެމް
ޤައުމީ ވޮލީ ލީގުގެ ޗެންޕިއަންޓީމް ޕޮލިސް. ފޮޓޯ: ޕީއެސްއެމް

މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ޤައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފިއެވެ. ޕޮލިސް ކްލަބުން މި ޝަރަފުވެރި ވަނަ ހޯދީ ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ވެމްކޯގެ މައްޗަށް 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ދެ ސެޓު ޕޮލިސް ކްލަބުން ކާމިޔާބުކުރި ހިސާބުން ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ކަށަވަރުވިއެވެ. ފުރަތަމަ ސެޓު 26-24 އިން ކާމިޔާބުކުރި ޕޮލިސް ކްލަބުން ދެވަނަ ސެޓު 25-17 އިން ކާމިޔާބުކުރިއެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު ވެމްކޯއިން 25-19 އަދި 25-23 އިން ކާމިޔާބުކުރުމުން މެޗު ޑިސައިޑިންގ ސެޓަކަށް ދިޔައެވެ. ފަހު ސެޓު ޕޮލިސް ކްލަބުން ވަނީ 15-5 އިން ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ އެކި ކެޓަގަރީތަކުން އެކި ކުޅުންތެރިން ވަނީ ފާހަގަވެފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައިވަނީ ޕޮލިސް ކްލަބްގެ އައިމިނަތު އަރީޝާއެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމް ހޯދާފައިވަނީ ހަމަ އެ ކްލަބްގެ ގްރެޒެލޭ ރެބެރޯ ދެ ސޫޒާއެވެ.

މީގެއިތުރުން، އެންމެ މޮޅު ކޯޗުގެ މަގާމް ޕޮލިސް ކްލަބްގެ މުނާ މުނީރު ހޯދިއިރު، އެންމެ އުންމީދީ ކުޅުންތެރިއާގެ މަގާމް ހުރާ ކޮމިއުނިޓީ ކްލަބްގެ މަރިޔަމް ރިޝްފާ ވަނީ ހޯދާފައެވެ. އެންމެ މޮޅު ސެޓަރުގެ މަގާމް ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު ހޯދިއިރު، އެންމެ މޮޅު ލިބެރޯގެ މަގާމް ހޯދީ ހަމަ އެ ކްލަބްގެ ނުހާ ވަހީދެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ވޮލީ ލީގުގެ ޗެންޕިއަންކަން ޕޮލިސް ކުލަބަށްކުޅިވަރު | 4 މަސް ކުރިންފްލެކްސަރ މޮޅުވެ ޤައުމީ މުބާރާޓުގެ އުއްމީދު އާކޮށްފިކުޅިވަރު | 5 މަސް ކުރިންފްލެކްސަރ ބަލިކޮށް ހުރާ ކޮމިއުނިޓީ މުހިންމު މޮޅެއްކުޅިވަރު | 5 މަސް ކުރިންސިޓީ ފްރެންޑްސް ކުލަބު މޮޅުވިއިރު، ފްލެކްސަރ އިން ޗެންޕިއަން ވެމްކޯ ބަލިކޮށްފިކުޅިވަރު | 5 މަސް ކުރިން