logo
ކުޅިވަރު

ފްލެކްސަރ ބަލިކޮށް ހުރާ ކޮމިއުނިޓީ މުހިންމު މޮޅެއް

އަބްދުﷲ ޣާނިމް
24 އޭޕްރީލު 2025 - 06:16
ހުރާ ކޮމިއުނިޓީއާއި ފްލެކްސަރ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އަތޫފް | އަދަދު
ހުރާ ކޮމިއުނިޓީއާއި ފްލެކްސަރ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އަތޫފް | އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯލް ލީގު 2025ގެ އަންހެން ޑިވިޝަންގައި ހުރާ ކޮމިއުނިޓީ ކުލަބުން ފްލެކްސަރ ސްޕޯޓްސްގެ މައްޗަށް ކުރިހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގައި ކުޅުނު މި މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބުން ވަނީ 3-1 ސެޓުން މޮޅުވެފައެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ސެޓު ހުރާ ކޮމިއުނިޓީ ކުލަބުން ކާމިޔާބުކުރީ 25-18 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ފްލެކްސަރ އިން ވަނީ ކުޅުން ރަނގަޅުކޮށް 25-21 އިން ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓު ގެއްލުމަށްފަހު ހުރާ ކޮމިއުނިޓީ ކުލަބުން ވަނީ ކުޅުމުގެ ފެންވަރު އިތުރަށް މަތިކޮށް، ޖެހިގެން އައި ދެ ސެޓުގައިވެސް ފްލެކްސަރގެ މައްޗަށް އިސްކަން ހޯދާފައެވެ. މިގޮތުން ތިންވަނަ ސެޓު 25-21 އިން އަދި ހަތަރުވަނަ ސެޓު 25-18 އިން ހުރާ ކޮމިއުނިޓީ ކުލަބުން ކާމިޔާބުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހުރާ ކޮމިއުނިޓީ ކުލަބުގެ ޖާރސީ ނަންބަރު 4 ގެ ވެރޯނިކާ ޒުބަރެވާ އެވެ.

މީގެ އިތުރުން އިއްޔެ ހަވީރުވެމްކޯއިން ވަނީ ގުޑްގޭމްސް އެކަޑެމީ ސީދާ ތިންސެޓުން ބަލިކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މިމުބާރާތުގައި މިއަދު ހަވީރު ޕޮލިސް ކުލަބާއި ހުރާ ބައްދަލުކުރާއިރު، މިރޭ ފްލެކްސަރ ނިކުންނާނީ ސިޓީ ފްރެންޑްސް އާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ވޮލީ ލީގުގެ ޗެންޕިއަންކަން ޕޮލިސް ކުލަބަށްކުޅިވަރު | 5 މަސް ކުރިންފްލެކްސަރ މޮޅުވެ ޤައުމީ މުބާރާޓުގެ އުއްމީދު އާކޮށްފިކުޅިވަރު | 5 މަސް ކުރިންފްލެކްސަރ ބަލިކޮށް ހުރާ ކޮމިއުނިޓީ މުހިންމު މޮޅެއްކުޅިވަރު | 5 މަސް ކުރިންސިޓީ ފްރެންޑްސް ކުލަބު މޮޅުވިއިރު، ފްލެކްސަރ އިން ޗެންޕިއަން ވެމްކޯ ބަލިކޮށްފިކުޅިވަރު | 5 މަސް ކުރިން