logo
ކުޅިވަރު

ސިޓީ ފްރެންޑްސް ކުލަބު މޮޅުވިއިރު، ފްލެކްސަރ އިން ޗެންޕިއަން ވެމްކޯ ބަލިކޮށްފި

އަބްދުﷲ ޣާނިމް
21 އޭޕްރީލު 2025 - 04:48
ޖީޖީ ސްޕޯޓްސް އެކެޑަމީއާސިޓީ ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް
ޖީޖީ ސްޕޯޓްސް އެކެޑަމީއާސިޓީ ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި އިއްޔެ ޖީޖީ ސްޕޯޓްސް އެކެޑަމީއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި ސިޓީ ފްރެންޑްސް ކުލަބު މޮޅުވެއްޖެއެވެ.

އެގޮތުން ޖީޖީ ފުރަތަމަ ސެޓު 19-25 އިން ކާމިޔާބުކޮށްފައިވަނިކޮށް ސިޓީއިން ވަނީ ފަހަތުން އަރައި ތިން ސެޓުން މޮޅުވެފައެވެ. ސިޓީ ފްރެންޑްސް އިން ސެޓުތައް ކާމިޔާބުކުރީ  25-20، 25-17 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީ ފްރެންޑްސްގެ ބިދޭސީ ކުޅުންތެރިޔާ ޖުލާލަކް ނަޗަލޮއެންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މީގެ އިތުރުން ރޭގައި މިމުބާރާތުގެ ޗެންޕިއަން ވެމްކޯ ވަނީ ފްލެކްސަރ އަތުން ބަލިވެފައެވެ. ފްލްކެސަރ މިމެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ.

491911506_1114737317361285_1555316688728286855_n.jpg

ވެމްކޯ އާއި ފްލެކްސަރ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

 

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ދެސެޓު ހޯދީ ފްލެކްސަރ އިންނެވެ. އެޓީމު ދެސެޓުވެސް ހޯދީ 18-25 އިންނެވެ. ނަމަވެސް ތިންވަނަ ސެޓުގައި ވެމްކޯއިން ވަނީ ކުޅުން ރަނގަުކޮށް 27-25 އިން މެޗު ކާމިޔާބުކޮށްފައެވެ. ފަހުސެޓު ފެލެކްސަރ އިން ކާމިޔާބުކުރީ 22-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްލެކްސަރގެ ބިދޭސީ ކުޅުންތެރިޔާ ޕައެއްމަނީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ވޮލީ ލީގުގެ ޗެންޕިއަންކަން ޕޮލިސް ކުލަބަށްކުޅިވަރު | 5 މަސް ކުރިންފްލެކްސަރ މޮޅުވެ ޤައުމީ މުބާރާޓުގެ އުއްމީދު އާކޮށްފިކުޅިވަރު | 5 މަސް ކުރިންފްލެކްސަރ ބަލިކޮށް ހުރާ ކޮމިއުނިޓީ މުހިންމު މޮޅެއްކުޅިވަރު | 5 މަސް ކުރިންސިޓީ ފްރެންޑްސް ކުލަބު މޮޅުވިއިރު، ފްލެކްސަރ އިން ޗެންޕިއަން ވެމްކޯ ބަލިކޮށްފިކުޅިވަރު | 5 މަސް ކުރިން