logo
ކުޅިވަރު

ޑިފެންޑިން ޗެމްޕިއަން ވެމްކޯ ފައިނަލަށް

އަބްދުﷲ ޣާނިމް
17 އޭޕްރީލު 2025 - 05:17
ވެމްކޯއާއި ހުރާ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް
ވެމްކޯއާއި ހުރާ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ވީއޭއެމް ކަޕް 2025 ގެ ސެމީ ފައިނަލްގެ ތިންވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް ޑިފެންޑިން ޗެމްޕިއަން ވެމްކޯ ވަނީ 3-2 އަށް މޮޅުވެ ފައިނަލަށް ދަތުރުކޮށްފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ވާދަވެރި މި މެޗުގައި ފުރަތަމަ ސެޓު ހުރާ ޓީމުން 25-18 އިން ކާމިޔާބުކުރިއެވެ. ނަމަވެސް ދެވަނަ ސެޓުގައި ވެމްކޯއިން ކުޅުން ރަނގަޅުކޮށް، ހަމަ އެ ނަތީޖާއިން އެ ސެޓު ހޯދިއެވެ. ތިންވަނަ ސެޓުގައި ހުރާ ޓީމުން ދައްކާލި ފޯރިގަދަ ކުޅުމާއެކު 26-24 އިން އެ ސެޓު ކާމިޔާބުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ އެންމެ ފޯރިގަދަ ސެޓަކަށްވީ ހަތަރުވަނަ ސެޓެވެ. މި ސެޓުގައި ހުރާ ޓީމަށް މެޗު ނިންމުމުގެ ފުރުސަތު ލިބުނު ނަމަވެސް، ވެމްކޯގެ ތަޖުރިބާކާރު ކުޅުންތެރިން ފަހަތުން އަރައި 26-24 އިން އެ ސެޓު ހޯދިއެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި ވެމްކޯގެ ތަޖުރިބާގެ ބުރަދަން ބޮޑުވެ، 15-10 އިން އެ ސެޓު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމު ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޕައޮވަނާއަށް ލިބުނެވެ.

މުބާރާތުގެ ފައިނަލްގައި މާދަމާ ރޭ ވެމްކޯ ކުރިމަތިލާނީ ޕޮލިސް ކުލަބާއެވެ. ފާހަގަކޮށްލެވެނީ މި މުބާރާތުގެ ދެވަނަ ސެމީގައި ވެމްކޯ ވަނީ ޕޮލިސް އަތުން ބަލިވެފައިވާކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލީގު ވެމްކޯ އާއި ޕޮލިސް ފެށީ މޮޅަކުންކުޅިވަރު | 5 މަސް ކުރިންޑިފެންޑިން ޗެމްޕިއަން ވެމްކޯ ފައިނަލަށްކުޅިވަރު | 5 މަސް ކުރިންވެމްކޯ ބަލިކޮށް ޕޮލިސް ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 5 މަސް ކުރިންވެމްކޯއާއި ޕޮލިސް އެއްވަނައިގައި ސެމީއަށްކުޅިވަރު | 5 މަސް ކުރިން