logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވެމްކޯއާއި ޕޮލިސް އެއްވަނައިގައި ސެމީއަށް

އަބްދުﷲ ޣާނިމް
15 އޭޕްރީލު 2025 - 03:44
ވެމްކޯ އާއި ސިޓީ ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ ވީއޭއެމް
ވެމްކޯ އާއި ސިޓީ ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕުގެ ގުރޫޕް މަރުހަލާ ނިމި، ސެމީ ފައިނަލަށް ދަތުރުކުރާ ޓީމުތައް ވަނީ ކަނޑައެޅިފައެވެ. މިގޮތުން ގްރޫޕް އޭގެ އެއްވަނައަށް ޕޮލިސް ކުލަބު އަދި ގްރޫޕް ބީގެ އެއްވަނައަށް ވެމްކޯ ދަތުރުކޮށްފައިވެއެވެ.

ވެމްކޯއިން ގްރޫޕް ބީގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، 9 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުން މިރޭ ކުޅުނު އެންމެ ފަހު މެޗުގައި ސިޓީ ފްރެންޑްސް ކުލަބު ބަލިކުރީ ސީދާ ތިން ސެޓުން 25-03، 25-12 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމު ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު ހޯދިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕޮލިސް ކުލަބުން ގްރޫޕް އޭގެ އެއްވަނަ ހޯދީ ހުރާ ކޮމިއުނިޓީ ކުލަބާ ކުޅުނު މެޗުން މޮޅުވެގެންނެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުން 25-22، 25-17 އަދި 26-24 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމު ޕޮލިސް ކުލަބުގެ ބްރެޒިލް ކުޅުންތެރިޔާ ގްރެޒިއެލީ ރިބޯރީ ދި ސައޯޒާ ހޯދިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ގްރޫޕްތަކުގެ އެއްވަނަ ހޯދި ދެ ޓީމު ބައްދަލުކުރާއިރު، މިދެޓީމުގެ ތެރެއިން މޮޅުވާޓީމެއް ފައިނަލުން ޖާގަލިބޭނެއެވެ. އަދި މިމެޗުން ބަލިވާ ޓީމެއް ވާދަކުރަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި މޮޅުވާ ޓީމަކާއިމެދުގައެވެ. ދެވަނަ ސެމީގައި ޗާދަކުރާނީ ގްރޫޕް އޭ އަދި ބީގެ ދެވަނަ ޓީމެވެ. އެއީ ހުރާ ކޮމިއުނިޓީ ކުލަބާއި ފްލެކްސަރ ސްޕޯޓްސް ކުލަބެވެ.

ހުރާ ކޮމިއުނިޓީ ކުލަބާއި ފްލެކްސަރ ސްޕޯޓްސް ވާދަކުރާމެޗު މިއަދު ހަވީރު ކުޅޭއިރު، ވެމްކޯއާއި ޕޮލިސް ވާދަކުރާ ސެމީ މިރޭގައި ކުޅެވޭނެއެވެ.

ވޮލީބޯލް އެސޯސިއޭޝަނުން މިއަހަރު އަންހެނުންގެ އަދި ފިރިހެނުންގެ ލީގު ވަކިން ބޭއްވުމަށް ނިންމާފައިވާއިރު، އެންމެ ފުރަތަމަ ކުރިއަށްދަނީ އަންހެނުންގެ މުބާރާތްތަކެވެ. ކޮންމެ ގްރޫޕެއްގެވެސް ގަދަ ތިން ޓީމަށް ކުރިއަށް އޮތް ވޮލީބޯލް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލީގު ވެމްކޯ އާއި ޕޮލިސް ފެށީ މޮޅަކުންކުޅިވަރު | 5 މަސް ކުރިންޑިފެންޑިން ޗެމްޕިއަން ވެމްކޯ ފައިނަލަށްކުޅިވަރު | 5 މަސް ކުރިންވެމްކޯ ބަލިކޮށް ޕޮލިސް ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 5 މަސް ކުރިންވެމްކޯއާއި ޕޮލިސް އެއްވަނައިގައި ސެމީއަށްކުޅިވަރު | 5 މަސް ކުރިން