logo
Bank of Maldives

Bank of Maldives

ޚަބަރު

 "ޢީދު އަލި" ދިއްލުމަށް ބޭނުންވާ ސާމާނު ރަށްތަކަށް ފޮނުވާ ނިމިއްޖެ

އީދަށް ތައްޔާރީ ވުމުގެ ތެރެއިން--
އީދަށް ތައްޔާރީ ވުމުގެ ތެރެއިން--

 "ޢީދު އަލި" ދިއްލުމަށް ބޭނުންވާ ސާމާނު ރަށްތަކަށް ފޮނުވާ ނިމިއްޖެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމަށް ދެއްވި އިންޓަވިޔުއެއްގައެވެ.  

Ad by Hajj Corporation

Ad by Hajj Corporation

ފިޠުރު ޢީދުގައި ރާއްޖޭގެ ރަށްތައް ކުލަ ބޮކިތަކުން ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު، މި ޢީދުގައި އަލަށް ދިއްލުމަށް ކަނޑައަޅައިފައިވާ 36 ރަށަށް ފޮނުވާ ނިމިފައިވާ މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މި އިންޓަވިޔުގައި ވިދާޅުވިއެވެ. މި ދިޔަ އަހަރު ދިއްލި ރަށްތަކާއެކު މި އަހަރު ޖުމްލަ 64 ރަށެއް ޢީދު އަލިން ދިއްލައިލުމަށް ވަނީ ހަމަޖެހިފައެވެ. 

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި،  މިހާރު ނުފޮނުވި ހުރި ގިޑިގެތައް ވެސް މިއަދުރަށްތަކަށް  ފޮނުވާ ނިމޭނެކަމަށް ވިދާޅުވިއެވެ. އަދި މާލެ ސިޓީގައި ހުރިހައި ސާމަނެއް ބަހައްޓައި ނިމިފައި ކަމަށާއި، މިހާރު ކުރެވެމުން ދަނީ ޓެސްޓްކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިމަސައްކަތް ކުރުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާކަން މި އިންޓަވިޔުގައި މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. 

މި އަހަރު ޢީދު އަލިން މުޅި ރާއްޖެ ދިއްލައިލުމަށް ބާއްވާ ބޮޑު އިވެންޓް ބެއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 9.30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމު ކުރަމުން އަންނަ ޙަރަކާތެކެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!ޚަބަރު | މަހެއް ކުރިންމާލެ ތޮއްޖެއްސުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން: އިނާޒްޚަބަރު | 2 މަސް ކުރިންސިޓީތަކާބެހޭ ވުޒާރާއަށް ދެއަހަރު ފުރުން ހާއްސަ ހަރަކާތްތަކަކާއެކު ފާހަގަކޮށްފިޚަބަރު | 4 މަސް ކުރިންދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލެވިއްޖެނަމަ ކުރިއަށްދާންވީ މިސްރާބު އެނގޭނެ - މިނިސްޓަރޚަބަރު | 9 މަސް ކުރިން