logo
MPL

MPL

ޚަބަރު

އޮޅު ހިޔާ ފެސިލިޓީގެ ނެޓުތައް ބަދަލުކުރަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މާރިޗު 2025 - 02:35
އޮޅު ހިޔާ ފެސިލިޓީގެ ނެޓުތައް ބަދަލުކުރަން ފަށައިފި

މާލޭގައި ބުޅާ ބަލަހައްޓާ 'އޮޅު ހިޔާ' ފެސިލިޓީގެ ނެޓުތައް އަލުން ބަދަލުކޮށް މަރާމާތު ކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ބުނެފައިވަނީ، އޮޅު ހިޔާ ފެސިލިޓީގައި ބުޅާ ބަހައްޓާ ކޮށިތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން، އެ ތަން އަލުން ފަރުމާކޮށް، ނެޓު ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި މަސައްކަތް ނިމުމުން، ޚާއްޞަކޮށް ކުދި ބުޅާ އިތުރު ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.

އޮޅު ހިޔާ ފެސިލިޓީ ހުޅުވުނީ މީގެ ތިން މަސް ކުރިންނެވެ. ނަމަވެސް އެތަނަށް ބުޅާތައް ގެންދަން ފެށީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ކުރިން ސިޓީ ކައުންސިލްގެ ދަށުގައި އޮތް އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް އެ މިނިސްޓްރީން ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި، އާ ކަރަންޓީނު ސަރަހައްދަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހޯދައި، އެންމެހައި ކަންކަން ވަނީ ފުރިހަމަކޮށްފައެވެ.

މާލޭގައި ސަރަހައްދުގައި މިވަގުތު 2،000 އާއި 3،000 އާ ދެމެދުގެ އަދަދެއްގެ ބުޅާ އުޅޭ ކަމަށް ލަފާކުރެވެއެވެ.

 

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމްގެ ސަރުކާރުން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް އިތުރު ރައްކާތެރިކަމާއި ބެލެހެއްޓުން ލިބި، ޢާންމު ސިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފިޚަބަރު | 2 ގަޑިއިރު ކުރިންއޮޅުހިޔާ ކްލިނިކަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދަނީޚަބަރު | އަހަރެއް ކުރިންމާލެއިން ބުޅާ ގެއްލޭ މައްސަލަ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި ޚަބަރު | އަހަރެއް ކުރިން"ގާލްސް" ތަމްރީންތައް 2 ރަށެއްގައި ކުރިޔަށް، އިތުރު ރަށްތަކުގައި ފެށުމަށް ތައްޔާރުވަނީޚަބަރު | އަހަރެއް ކުރިން