logoEN
ޚަބަރު

10 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ އައު އިމާރަތްތަކުގެ މަސައްކަތް ތިން ކުންފުންޏަކާއި ޙަވާލުކޮށްފި

10 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ.

ރޭ ސިއްޚީ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައު އިމާރަތްތައް އެޅުމަށް ސޮއިކޮށްފައިވަނީ އެ ވުޒާރާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، ފެނަކަ ކޯޕަރޭޝަން އަދި އެމްޓީސީސީއާ ދެމެދުއެވެ.

އެގޮތުން އާރްޑީސީއާ ހަވާލުކުރީ ނ. ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތާއި އދ. ފެންފުށީ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ނިންމުމަށެވެ. އެ މަސައްކަތްތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ.

އެ މަސައްކަތްތަކުގެ ތެރެއިން 108,322,537.03 ރުފިޔާ އަށް ނ. ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި 26,839,684.82 ރުފިޔާ އަށް އދ. ފެންފުށީ ސިއްޚީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ވެސް އެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން، ފެނަކަ އާއި ހަވާލުކޮށްފައިވަނީ ބ. ކުޑަރިކިލު ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތާއި، ގއ. ކޮނޑޭ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތުގެ އިތުރުން، ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ނިންމުމަށެވެ.

އެ މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ވެސް ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމައީލް ސޮއިކުރެއްވިއިރު، ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާހް އެވެ.

މި މަަސައްކަތްތަކުގެ ތެރެއިން ބ. ކުޑަރިކިލު ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތަށް ޖުމުލަ 7,641,116.64 ޚަރަދުވާއިރު، ގއ. ކޮނޑޭ އަދި ގދ. ނަޑެއްލާގެ ސިއްޚީ މަރުކަޒު ނިންމަން އެކުންފުންޏާ ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައެވެ. އޭގެ ތެރެއިން ގއ. ކޮނޑޭ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ ޖުމުލަ 6،763،307.54 ރުފިޔާ އަށް ވާއިރު، ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ ޖުމުލަ 6،757،395.89 ރުފިޔާ އަށެވެ.

މި މަސައްކަތްތަކުގެ އިތުރުން، ހދ. މަކުނުދޫ ސިއްޚި މަރުކަޒު އިމާރަތްކުރުމުގެ މަސައްކަތް ވެސް މިމަހުގެ 12 ވަނަ ދުވަހު ފެނަކައާއި ހަވާލުކޮށްފައެވެ.

މީގެ އިތުރުން ހދ. ނެއްލައިދޫގެ ސިއްޚީ މަރުކަޒުގެ އައު އިމާރަތާއެކު ކ. ތުލުސްދޫ، އއ. ރަސްދޫ، ށ. މިލަންދޫ އަދި ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ވެސް ހަވާލުކޮށްފައެވެ.

މި ފަސް ރަށުގެ އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

މި މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫ އަދިކ. ތުލުސްދޫގެ ހޮސްޕިޓަލް އިމާރަތް އެޅުމަށް އެމްޓީސީސީއަށް ވަނީ 600 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ ދެ މަޝްރޫއަށް މުޅި ޖުމްލަ 220 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އއ. ރަސްދޫ އަދި ގއ. ވިލިނގިލީ ހޮސްޕިޓަލް އިމާރަތްކުރުމަށް ވަނީ މުޅި ޖުމްލަ 370 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އެ ދެ ހޮސްޕިޓަލުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 780 ދުވަހުގެ ތެރޭގައެވެ.

އަދި ހދ. ނެއްލައިދޫ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ ޖުމުލަ 11،197،462.90 ރުފިޔާ އަށެވެ. އެއީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮމެންޓް

871x217_placeholder