logo
Bank of Maldives

Bank of Maldives

ޚަބަރު

މާދަމާ އަކީ އީދަށް ވެދާނެކަމަށް މައުމޫނު އަނެއްކާވެސް ތަކުރާރުކުރަށްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މާރިޗު 2025 - 09:40
މާދަމާ އަކީ އީދަށް ވެދާނެކަމަށް މައުމޫނު އަނެއްކާވެސް ތަކުރާރުކުރަށްވައިފި

އިސްލާމީ އެހެން ޤައުމަކަށް މިރޭ ހަނދުސާބިތު ވެގެން ރާއްޖެއަށް ހަނދުލައްވައިފިނަމަ މާދަމާ ވާނީ އީދަށްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މި ވާހަކަ މައުމޫން ވިދާޅުވެފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަކީ އިލްމުގައި ވެސް ފާހަގަކޮށްލެވޭ ޢިލްމްވެރިޔެއްގެ ގޮތުގައި މަޝްހޫރު، ކުރީގެ ރައީސް މައުމޫން ވިދާޅުވެފައިވަނީ ބަރާބަރު ފަލަކީ ހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް އިރާއި ހަނދު އޮއްސެނީ އެއްވަގުތެއްގައި ކަމަށެވެ. އެއީ 18 ގަޑި 14 މިނެޓުގައި ކަމަށް މައުމޫން ވިދާޅުވިއެވެ.

"ވީމާ އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެއެވެ. އަދި މާދަމާވާނީ ރަމަޟާން ތިރީހަށެވެ. އެހެންނަމަވެސް އިސްލާމީ އެހެންޤައުމަކަށް މިރޭ ހަނދުސާބިތު ވެގެން ރާއްޖެއަށް ހަނދުލައްވައިފިނަމަ މާދަމާ ވާނީ އީދަށެވެ،" މައުމޫން ވިދާޅުވެފައިވެއެވެ.

https://mendhuru.tv/dv/6720

މީގެ އިތުރުން، މައުމޫން ކުރިން ވިދާޅުވެފައިވާ ގޮތުގައި މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ހިޖުރީ މަހެއް ފެށުމަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫންކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޞްރުގެ ދުވަހުގެ އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ދިވެހި ރައްޔިތުން: ރައީސް މައުމޫންޚަބަރު | 3 ގަޑިއިރު ކުރިންމައުމޫނަށާއި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް އައްޑަނަ އެރުވުމަށް ރައީސް ނިންމަވައިފިޚަބަރު | ދުވަހެއް ކުރިންމި ފެށުނީ އިސްލާމީ އައު އަހަރެއްނޫން, ހިޖުރީ އައު އަހަރު: މައުމޫންޚަބަރު | 4 މަސް ކުރިންއެމްޓީސީސީން މައުމޫނާ ދެކޮޅަށް ކުރި ދަޢުވާ އަނބުރާ ގެންގޮސްފިޚަބަރު | 7 މަސް ކުރިން