logoEN
ޚަބަރު

ޝަމްއާން ދިރިއުޅޭ ގެއިން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ފެނިފައި- ފުލުހުން

ހުސައިން ވަސީމްހުސައިން ވަސީމް

29 މާރިޗު 2025 - 14:53

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ ގެއިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނުން ކަމަަށް ފުލުހުން ބުނެފި އެވެ.

އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤަށް ޝައްމާން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގައި މިހާތަނަށް ހޯދިފައިވާ ހޯދުންތަކުންމި މަހުގެ 12 ވަނަ ދުވަހުގެ ރ،ޭ އިމިގްރޭޝަންގެ މުވައްޒަފުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަން ހިންގާފައި ވަނީ އޮޕަރޭޝަނަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން އަށް އެނގިފައިވާކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައީ މޯލްޑިވްސް އިމިގްރޭޝަންގެ މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް 3 މުވައްޒަފުން ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި މި މުވައްޒަފުންނަކީ ކޮންޓްރޯލަރ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިންގ އަދި މީޑިއާގައި މަސައްކަތްކުރާ ތިން މުވައްޒަފުންނެވެ.

މި އޮޕަރޭޝަންގައ،ި 7 ބިދޭސީ މަސައްކަތްތެރިން ހުއްޓުވައ،ި އެ މީހުނ ްދިރިއުޅޭތަން ބަލާ ފާސްކޮށް ބައެއްތަކެތި ގެންގޮސްފައިވެ އެވެ. އަދި މި އޮޕަރޭޝަންގައި ހައްޔަރުކުރި 7 ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރި ބިދޭސިންކަން ތަހުގީގަށް އެނގިފައިވެ އެވެ. އަދ،ި ހައްޔަރުކުރި ބިދޭސީންގެ ތެރެއިނ،ް ގިނަ އަދަދެއްގެ ފައިސާ އެމީހާގެ އަތުން ފެނުނު މީހަކ،ު މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ގެންގޮސް ފަހުން އެމީހާ ދޫކޮށްލީ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އިރުޝާދުގެ ދަށުނ،ް އެކަން "އަރޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބިދޭސީ މީހާގެ އަތުން ފެނުނު ފައިސާ އަޅަފައި ހުރި ކޮތަޅު އަނބުރާ ހަވާލުކުރުމަށް ފަހު އޭގެ ފަހުން އޭ އިމިގްރޭޝަންގެ މުވައްޒަފުން ސައިކަލެއްގައި ވެލާނާ ބިލްޑިން ކައިރިއަށް ގޮސް އިމިގްރޭޝަންގެ ވެހިކަލަކުން ފައިސާ އެޅި ކޮތަޅު ނަގާ ޝަމްއާންގެ ގެއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން ޝައްމާން ދިރިއުޅޭގެ ބަލައި ފާސްކޮށް 257,475 ރުފިޔާ(ދުއިސައްތަ ފަންސާސް ހަތް ހާސް ހަތަރުސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އާއި 10،000 އެމެރިކާ ޑޮލަރު (ދިހަ ހާސް އެމެރިކާ ޑޮލަރު) އާއި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައ،ި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މިހާތަނަށ،ް މި މައްސަލައާ ގުޅިގެން 5 މީހަކު ވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައެވެ.

ކޮމެންޓް

871x217_placeholder