logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ޑްރޯން ޝޯ އާއި ހަވާ އެރުވުން

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ޑްރޯން ޝޯ އާއި ހަވާ އެރުވުން

ފިތުރު އީދު ފާހަގަކުރަން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއާ ހަވާ އަރުވަން ނިންމައިފި އެވެ.

އެޗްޑީސީއިން ބުނެފައިވަނީ، މިރޭ 8:30 ގައި ޑްރޯން ޝޯއެއް ތިރީސް މިނެޓަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއަށްފަހު 9:00 ގައި ހަވާ އަރުވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޑީސީން ބުނީ މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، އީދުގެ އުފާ ކުލަ ގަދަކޮށް ފާހަގަކުރުން ކަމަށާ އީދުގެ އުފަލުގައި ހުރިހާ އެންމެން ބައިވެރިކުރުވުން ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ވަނީ މިއަދު ހަވީރު މަންފާ ޖަމްއިއްޔާއާ ގުޅިގެން ސެންޓްރަލް ޕާކުގައިޚާއްސަ ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށްގެންގޮސްފަ އެވެ.

މީގެ އިތުރުން އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން "އީދު ހަވީރު" ގެ ނަމުގައި މިއަދު ހަވީރު ސަލްޓަންޕާކާއި ޖުމްހޫރީ މައިދަނުގައި ވަނީ ބޮޑު ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފަ އެވެ. އީދު ހަދިޔާ ދިނުމާއި މުނިފޫހިފިލުމުގެ ގިނަ ހަރަކާތްތަކެއް އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރަން އިތުރު ޑްރެޖަރުތަކެއްޚަބަރު | މަހެއް ކުރިންރަސްމާލެ ސައިޓް ސީ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި ޚަބަރު | މަހެއް ކުރިންސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްމަޤާމްތަކަށް ބަދަލު ގެނެސްފިޚަބަރު | 2 މަސް ކުރިންހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ޑްރޯން ޝޯ އާއި ހަވާ އެރުވުންޚަބަރު | 6 މަސް ކުރިން