logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް ކުއާޓަރ ފައިނަލަށް ގެންގޮސްދިނީ ޔުއޭފާ: ސިމިއޯނީ

އަބްދުﷲ ޣާނިމް
31 މާރިޗު 2025 - 03:18
ރެއާލް މެޑްރިޑް އާއި އެތްލެޓިކޯ ވާދަކުރި މެޗުގެތެރެއިން.
ރެއާލް މެޑްރިޑް އާއި އެތްލެޓިކޯ ވާދަކުރި މެޗުގެތެރެއިން.

ޗެމްޕިއަންސް ލީގުގެ 16 ވަނަ ރައުންޑުން އެ ޓީމް ވަކިވެގެން ދިޔައީ ރެފްރީއާއި ޔުއޭފާގެ ސަބަބުންކަމަށް އެޓްލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

އެޓްލެޓިކޯ ވަނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 2-1 އިން ބަލިވެ، ދެވަނަ މެޗު 1-0 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ޕެނަލްޓީ ޝޫޓްއައުޓުން 4-2 އިން ބަލިވެ ޓޯމުބާރާތުން ވަނޯީ ވަކިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެން ޗެމްޕިއަންސް ލީގުގައި ރަނގަޅު މޫސުމެއް ހޭދަކުރިން. ދެވަނަ މެޗު ކާމިޔާބުކުރިން. އެކަމަކު ޖުލިއަން އަލްވާރެޒްގެ ޑަބަލް ޓަޗް އެއްގެ ސަބަބުން ރެފްރީއާއި ޔުއޭފާއިން ނިންމި ގޮތަކުން އެކަން ނިމިގެން ދިޔައީ. އަޅުގަނޑަކަށް ނުފެނޭ އެއީ ޑަބަލް ޓަޗެއް ކަމަކަށް،" ސިމިއޯނީ ވިދާޅުވިއެވެ.

އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗާ ގުޅޭގޮތުން ސިމިއޯނީ ވިދާޅުވީ އެއީ ދެ ޓީމުވެސް ހަމަހަމަ ކުޅުމެއް ދެއްކި މެޗެއް ކަމަށާއި އެހެންކަމުން ޑްރޯވުމަކީ އެންމެ އިންސާފުވެރި ނަތީޖާ ކަމަށެވެ.
މިމެޗާއި ގުޅޭގޮތުން މީޑިޔާގައި ތަފާތު ވާހަކަދެކެވޭއިރު، ޔުއޭފާއިން ވަނީ ޤަވާއިދާއެއްކޮށް އަލްވާރޭޒް ފައިގައި ބޯޅަ ޖެހޭ ވީޑިއޯ އާންމުކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުސިކުންތުގައި ގޯލުކީޕަރު ބޮލުންޖެހި ގޯލާއެކު ރެއާލް ބޮޑު ބައްޔަަކުން ބަލިކޮށް ބެންފީކާ ޕްލޭއޮފްގެ ޖާގައެއް ހޯދައިފިކުޅިވަރު | ދުވަހެއް ކުރިންވިލަރެއާލް ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިކުޅިވަރު | 5 ދުވަސް ކުރިން ރެއާލް އިން މެސީ ލައިޓްގެ ޓީމު ހަމަބިމަށް ތިރިކޮށް ޗެންޕިއަންސް ލީގުގެ ދެވަނައަށްކުޅިވަރު | 9 ދުވަސް ކުރިންފެތިފައި އޮތް މެޑްރިޑް ޕެނަލްޓީގެ އެހީގައި ފެނުން މައްޗަށް ޖެހިލައިފިކުޅިވަރު | 13 ދުވަސް ކުރިން