logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފާފުއަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިއަދު ފަށަނީ

އަބްދުﷲ ޣާނިމް
31 މާރިޗު 2025 - 04:11
މުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަންޓީމު ބީސީ ސްޕޯރޓްސް. ފޮޓޯ: ބީސީ
މުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަންޓީމު ބީސީ ސްޕޯރޓްސް. ފޮޓޯ: ބީސީ

ފާފު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި ފުޓްސަލް މުބާރާތް އެއަތޮޅުގެ މަގޫދޫގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.މިމުބާރާތަކީ ފ. މަގޫދޫ ޒުވާނުންގެ ކުލަބު ން އިސްނަގައިގެން ފ. މަގޫދޫ ކައުންސިލާއި ގުޅިގެން 2025 ވަނަ އަހަރުގެ ފިތުރު އީދުގެ މުނާސަބަތާއި ގުޅުވައިގެން ފ އަދި ދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވުމަށްހަމަޖެހިފައިވާ ފުޓްސެލް މުބާރާތެކެވެ.

މިމުބާރާތުގެ ގުރުއަތުލުން އިޔްޔެ މަގޫދޫ ކައުންސިލް އިދާރާގައި ބޭއްވިފައިވާއިރު، މުބާރާތުގެ ހުޅުވުމުގެ ގޮތުން ވާދަކުރާނީ މީދޫގެ އެފްސީ ވައިޕާރސް އާއި ސީއެސް ސްޕޯރޓްސް ކުލަބެވެ.

މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ޓީމުތަކުން މިމުބާރާތައް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ފުޓްސަލް ގައި ފާހަގަކޮށްލެވޭ ނަންމަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މިފަހަރުވެސް މިމުބާރާތުގައި ފެނިގެންދާނެއެވެ.

މި މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ މާރިޗު މަހުގެ 31 އިން އޭޕްރީލް 6 އާއި ދެމެދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

487828085_1052640743676956_7833786370789952013_n.jpg

މުބާރާތުގެ ޝެޑިއުލް

ޖުމްލަ 10 ޓީމަކުން ވާދަކުރާ މިމުބާރާތް ދެގުރޫޕަކަށް ބަހާލައިގެން ލީގު ސިސްޓަމަށް ގްރޫޕް ސްޓޭޖު ކުޅެވޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމު މުބާރާތުގެ ސެމީއަށް ދަތުރުކުރާނެއެވެ. މުބާރާތުގެ ފައިނަލް އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ކުޅެންހަމަޖެހިފައިވާއިރު، މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ މަގޫދޫ ފުޓްސަލް ގްރައުންޑުގައެވެ.

ފާފު އަތޮޅުގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަން ޓީމަކީ ދަރަނބޫދޫ އަށް ނިސްބަތްވާ ބީސީ ސްޕޯރޓްސް ކުލަބެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފިކުޅިވަރު | 11 ގަޑިއިރު ކުރިންމަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 2 މަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 2 މަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 2 މަސް ކުރިން