logo
E-Platinum
ކުޅިވަރު

ފާފު އަތޮޅުގެ އެންމެ ޝަރަފުވެރި މުބާރާތް ފޯރިގަދަ މެޗުތަކާއެކު ފަށައިފި

އަބްދުﷲ ޣާނިމް
1 އޭޕްރީލު 2025 - 04:47
ފެލޭލާ އާއި ގަޓްސިޓީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އަބްދުﷲ އަބީދު
ފެލޭލާ އާއި ގަޓްސިޓީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އަބްދުﷲ އަބީދު

ފާފު އަތޮޅުގައި ބާއްވާ އެންމެ ޝަރަުވެރި އަދި އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ކަމުގައިވާ އެލް ފޯ ކަޕް ފޯރިގަދަ މެޗުތަކާއެކު އިއްޔެ ފަށައިފިއެވެ. މިމުބާރާތަކީ ފ. މަގޫދޫ ޒުވާނުންގެ ކުލަބު ން އިސްނަގައިގެން ފ. މަގޫދޫ ކައުންސިލާއި ގުޅިގެން 2025 ވަނަ އަހަރުގެ ފިތުރު އީދުގެ މުނާސަބަތާއި ގުޅުވައިގެން ފ އަދި ދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވުމަށްހަމަޖެހިފައިވާ ފުޓްސެލް މުބާރާތެކެވެ.


މީގެ 36 އަހަރު ކުރިން ބާއްވާމުން އައި މިމުބާރާތް 2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ ފުޓްސަލް މުބާރާތެއްގެ ގޮތުގައެވެ. އެގޮތުން މުބާރާތް ފުޅާވެގެންގޮސް މިހާރު މިމުބާރާތް ބާއްވަނީ ފާފު އަދި ދާލު އަތޮޅަށްވެސް ހުޅުވާލައިގެންނެވެ. މިފަހަރުގެ އެޑިޝަންގައި ޖުމްލަ 10 ތީމަކުން ބައިވެރިވެފައިވާއިރު، މިމުބާރާތުގައި މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ރާއްޖޭގެ ފުޓްސަލްގެ އެންމެ އުހުގައި ފާހަގަކޮށްލެވޭ މަޝްހޫރު ކުޅުންތެރިންނާއި ރާއްޖޭން ބޭރު ކުޅުންތެރިން ހިމެނިފައިވެއެވެ.

487969840_17945295065969161_6107583504186719370_n.jpg

އަލް ފައުޒް އާއި ވެސްޓް ސިޓީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ؛ އަބްދުﷲ އަބީދު


މުބާރާުގައި ރޭގައި ޖުމްލަ 4 މެޗެއް ކުޅެވިފައިވެއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ވައިޕާރސް އާއި ސީއެސް ސްޕޯރޓް ވާދަކުރިމެޗު 1-0 އިން ކާޟިޔާބުކުރީ ވައިޕާރސް އެވެ. ދެވަނަ މެޗުގައި ޒަލްޒަލާ 4-2 އިން އޭއެމްޑީ ބަލިކޮށްފައިވާއިރު ތިންވަނަ މެޗު ގައި ފެލޭލާއިން ވަނީ ގަޓްސިޓީ ފަސޭހަކަމާއެކު 6-1 އިން ބަލިކޮށްފައެވެ. ރޭގެ ފަހުމެޗުގައި އަލް ފައުޒް ސްޕޯރޓްކުލަބު ވަނީ ވެސްޓް ސިޓީ 3-0 އިން ބަލިކޮށްފައެވެ.

488430074_17945295119969161_8653337670241861769_n.jpg

އައްޒާމް (އަލް-ފައުޒް). ފޮޓޯ: އަބްދުﷲ އަބީދު

 

އިއްޔެ ފެށި މިމުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މި އޭޕްރީލްމަހުގެ 6 ވަނަ ދުވަހުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 8 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 11 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 14 ދުވަސް ކުރިންމަގޫދޫ އެއާރޕޯރޓްއަށް ބަޔަކު ގެއްލުންދީ ރޯކޮށްލަން މަސައްކަތްކޮށްފިޚަބަރު | 18 ދުވަސް ކުރިން