logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 590،000 އަށްވުރެ ގިނަ ފަތުރުވެރިން

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޭޕްރީލު 2025 - 01:55
އަހަރުގެ މިހާތަނަށް ރާއްޖެއަށް 590،000 އަށްވުރެ ގިނަ ފަތުރުވެރިން

މި އަހަރުގެ މިހާތަނަށް 590،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 593،956 އަށް އަރާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަދަދަކީ މިދިޔަ ތިން އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު އެވްރެޖްކޮށް ދުވާލަކު 6،988 ފަތުރުވެރިން ރާއުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ރިޒޯޓުތަކަށެވެ. މުޅި ޖުމްލައިގެ 69 އިންސައްތަ ކަމުގައިވާ 410،024 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިޒޯޓުތަކަށެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. ޖުމްލަ 151،293 ފަތުރުވެރިން، ނުވަތަ 25.5 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ.

މީގެ އިތުރުން، ހޮޓާތަކަށް 17،172 ފަތުރުވެރިންނާއި، ޓޫރިސްޓު އުޅަނދުތަކަށް 14،936 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖޭގައި މިހާރު ޖުމްލަ 1،189 ތަނަކުން ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދެއެވެ. މުޅި ރާއްޖޭގައި 63،453 ޓޫރިސްޓު އެނދު ހުރިއިރު، އޭގެ ތެރެއިން 98.9 އިންސައްތަ ހުރީ އޮޕަރޭޝަނަލް ކެޕޭސިޓީގައެވެ. ރާއްޖޭގައި 179 ރިޒޯޓާއި، 838 ގެސްޓްހައުސް ހުރިއިރު، 44 އެއަރލައިނަކުން ރާއްޖެއަށް ސީދާ ދަތުރުތައް އަޅަމުންދާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް 2.1 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ވިޔަފާރި | 4 ދުވަސް ކުރިންސްޕެއިނުން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 7 ދުވަސް ކުރިންދުނިޔޭގެ ރެކޯޑެއް، އެންމެ މަގުބޫލު މަންޒިލްގެ އެވޯޑް ވިދިވިދިގެން 6 ފަހަރު ލިބުނު ގައުމަކީ ހަމައެކަނި ރާއްޖެރިޕޯޓް | 9 ދުވަސް ކުރިންޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބިއްޖެޚަބަރު | 12 ދުވަސް ކުރިން