logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް މެޑްރިޑް ކޮޕަޑެލްރޭގެ ފައިނަލަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
2 އޭޕްރީލު 2025 - 05:40
. ރެއާލް މެޑްރިޑް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައި. ފޮޓޯ: ރެއާލް މެޑްރިޑް
. ރެއާލް މެޑްރިޑް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައި. ފޮޓޯ: ރެއާލް މެޑްރިޑް

ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރިއަލް ސޮސިއެޑާޑް އެގްރިގޭޓުން ބަލިކޮށް ރެއާލް މެޑްރިޑް ކޮޕާޑެލްރޭގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.  މެޗުގެ 90 މިނެޓު ހަމަވިއިރު އެގްރިގޭޓް ސްކޯ ހަމަވެފައިއޮތުމުން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެވަނަ ހާފުގައި އެންޓޯނިއޯ ރުޑިގަރ ޖެހި ލަނޑުން ރިއަލް މެޑްރިޑް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. މި މެޗު ނިމުނީ 4-4 އިން އެއްވަރުވެ، އެގްރެގޭޓްގައި 5-4 އިންނެވެ.

ފުރަތަމަ ލެގުގައި 1-0 އިން މޮޅުވެފައިވާ ރިއަލް މެޑްރިޑަށް ދެވަނަ ލެގް ފަސޭހަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ރިއަލް ސޮސިއެޑާޑް ދެއްކި ހިތްވަރުގަދަ ކުޅުމުން މެޗު އިތުރު ވަގުތަށް ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފުގައި މިކެލް އޯޔަރޒަބަލްގެ އެހީގައި އަންޑަރ ބަރެނެޓްޒިއާ ވަނީ 16 ވަނަ މިނެޓްގައި ރިއަލް ސޮސިއެޑާޑަށް ލީޑު ހޯދައިދީފައެވެ.

ނަމަވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު އެންޑްރިކް ވަނީ 30 ވަނަ މިނެޓްގައި ވިނިސިއަސްގެ ޕާހަކާއެކު ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ޑޭވިޑް އަލާބާގެ ފައިގައި ޖެހިފައި ބައިކޮޅަށް ގޯލު ވަދެފައިވާއިރު، މެޗުގެ 80 ވަނަ މިނެޓުގައި  އޯޔަރޒަބަލް ވަނީ ގޯލުޖަހައި އެގްރިގޭޓުން ސޮސިއެޑާޑަށް ކުރިހޯދައިދީފައެވެ.

މިއާއެކު ޕްރެޝަރުގައި ކުޅުނު ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންގަމް އަދި އޮރެލިއަން ޗުއަމެނީގެ ވަނީ ކައިރި ކައިރީގައި ދެގޯލުޖަހައި މެޑްރިޑް އަށް އަނެއްކާވެސް ކުރިހޯދައިދީފައެވެ. ނަމަވެސް ސޮސިއެޑާޑްގެ އޯޔަރޒަބަލް ވަނީ 93 ވަނަ މިނެޓުގައި ގޯލުޖަހައި އެޓީމު ސަލާމަތްކޮށް އިތުރު ވަގުތަށް ގެންގޮސްދީފައެވެ. މެޗުގެ 90 މިނެޓު ހަމަވީ 3-4 އިން ސޮސިއެޑޭޑް ކުރީއި އޮވެގެންނެވެ. އަދި އެގްރިގޭޓް 4-4 އިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެހާފު ކުޅެންޖެހުނެވެ. އަދި އިތުރު ވަގުތުގެ ފަހު މިނެޓްތަކުގައި ރުޑިގަރ ޖެހި ހެޑަރއަކުން މެޑްރިޑް ވަނީ ފައިނަލަށް ދަތުރު ކަށަވަރުކޮށްފައެވެ.

މިމުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި މިރޭ ބާސެލޯނާ އެތްލެޓިކޯއާއި ދެކޮޅަށް، އެތްލެޓިކޯ ދަނޑުގައި ނިކުންނާނެއެވެ. ސެމީގެ ފުރަތަމަ މެޗުގައި 4-4 އެގްރިގޭޓުން މިދެޓީމު ހަމަހަމަވެފައިވާއިރު، މިމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:30 ގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 12 ދުވަސް ކުރިންރެއާލް މެޑްރިޑްގެ އާމްދަނީ 1.248 ބިލިއަން ޔޫރޯއަށް، މިއީ ކުޅިވަރުގެ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދެއްކުޅިވަރު | 14 ދުވަސް ކުރިންއެމްބާއްޕޭ ގޯލްޑަން ބޫޓު ދައްކާލި މެޗުގައި ދެގޯލާއެކު ރެއާލް އަތުފަތު ނުޖެހި ކުރިޔަށްކުޅިވަރު | 19 ދުވަސް ކުރިންޔޫއޭފާއާ ދެކޮޅަށް ރެއަލް މެޑްރިޑުން 4.5 ބިލިއަން ޔޫރޯގެ ދައުވާއެއް ކުރަން ތައްޔާރުވަނީކުޅިވަރު | 20 ދުވަސް ކުރިން