logo
E-Platinum
ކުޅިވަރު

އެލްފޯކަޕް: ފެލޭލާ އާއި ފައުޒް ތަށްޓަށް އަމާޒުހިފާފައިވާއިރު ރައިޑަރސް ނިކުތީ ގަދަކޮށް

އަބްދުﷲ ޣާނިމް
2 އޭޕްރީލު 2025 - 06:37
ފޭލޭލާ އާއި ވައިޕާރސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިފް-ޕިކްސް އެމްވީ
ފޭލޭލާ އާއި ވައިޕާރސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިފް-ޕިކްސް އެމްވީ

އެލްފޯކަޕް މެޗްޑޭ ދޭއްގައި ރޭގައިވެސް ވަރުގަދަ މެޗުތަކެއް ކުޅެފިއެވެ. އެގޮތުން މިފަހަރުގެ ތަށްޓަށް އަމާޒުކޮށް ވަރުގަދަކޮށް ނިކުމެފައިވާ ދެޓީމުކަމަށްވާ ފެލޭލާ ސްޕޯރޓްސް ކުލަބާއި އަލް ފައުޒުންވެސް ދެވަނަ މޮޅު ހޯދާފައިވާއިރު، މީދޫގެ ރައިޑަރސް ގެ ފުރަތަމަ މެޗުގައި އެސޯސިއޭޝަން ފޯ މަގޫދޫ ޑިވެލޮޕްމަންޓް (އޭއެމްޑީ) ފަސޭހަކަމާއެކު ބަލިކޮށްފިއެވެ.

ރޭގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ރައިޑަރސް އާއި އޭއެމްޑީއެވެ. މިމެޗު 2-5 އިން ރައިޑަރސް ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ރައިޑަރސްގެ ސާއިން ޝިޔާމް އާއި އަހުމަދު ދައުސް ދެގޯލުކާމިޔާބުކޮށްފައިވާއިރު، އަނެއް ގޯލު ކާމިޔާބުކޮށްފައިވަނީ ޝައިބާން ހަމީދުއެވެ. އޭއެމްޑީގެ ގޯލުތައް ޖަހާފައިވަނީ އަރީފް މަހްމޫދާއި އަލީ ޝާމިޢުއެވެ.

488259937_122141947694583123_3537652193186906731_n.jpg

އޭއެމްދީ އާއި ވައިޕާރސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިފްޕިކްސް އެމްވީ

 

ދެވަނަ މެޗުގައި ސްކޯޕިއަންސް އާއި ފައުޒް ނިއުޖެނެރޭޝަން ވާދަކުރި މެޗު ނިމުނީ 2-2 އިންނެވެ. ފައުޒްގެ ގެ މުހައްމަދު ރަޒާން ފުރަތަމަ ގޯލުޖަހައި އެޓީމަށް ލީޑު ނަގައިދިންނަމަވެސް ސްކޯޕިއަންގެ މުހައްމަދު އަލީ ވަނީ ގޯލުޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ފައުޒްގެ އަންމާރު ގޯލެއްޖަހައި ދެވަނަ ފަހަރަށް ލީޑު ނަގައިދިންނަމަވެސް ސްކޯޕިއަންސް ގެ އަހުމަދު މުއާޒުވަނީ ގޯލުޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

488488128_122141947934583123_3118451529309969608_n.jpg

ސްކޯޕިއަންސް އާއި އަލްފައުޒް ނިއު ޖެނެރޭޝަން ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިފްޕިކްސް އެމްވީ

 

 

ރޭގައި އެންމެ ފޯރިގަދަކޮށް ފެނިގެންދިޔަ އެއްމެޗަކީ ޒަލްޒަލާ އާއި ފައުޒް ސްޕޯރޓްސް ކުލަބް ވާދަކުރިމެޗެވެ. މިދެޓީމު މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެފައިވާއިރު، ރޭގެ މެޗު ފައުޒް ވަނީ 4-0 އިން ކާމިޔާބުކޮށްފައެވެ. މިމެޗުގައި އަލްފައުޒްގެ އަރީޝް ހެޓްރިކް ހަދާފައިވާއިރު، ފައުޒްގެ އިރާން ކުޅުންތެރިޔާ އަލީ ރެޒާވެސް ވަނީ ގޯލެއްޖަހާފައެވެ.

487922992_122141948426583123_1385139052278214346_n.jpg

ޒަލްޒަލާ އާއި އަލްފަައުޒް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިފް ޕިކްސް އެމްވީ


ރޭގެ ފަހުމެޗުވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން ފަހުމެޗުގައި ވާދަކޮށްފައިވަނީ ވައިޕަރސް އާއި ފެލޭލާ ސްޕޯރޓްސް ކުލަބެވެ. މިމެޗު 5-4 އިން ކާމިޔާބުކޮށްފައިވަނީ ފެލޭލާއެވެ. އެގޮތުން މެޗުފަށައިގެން އެންމެ 4 މިނެޓް ތެރޭގައި ފެލޭލާގެ ކެޕްޓަން މާހިލް ވަނީ އެޓީމަށް ލީޑުނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހުވަގުތުގައި ވައިޕަރސްގެ އީލާފް އަހުމަދު ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން ކައިރި ކައިރީގައި ފެލޭލާގެ ވިޖުދާން (ވިޖުއްކޮ) އާއި ސާމިން ގޯލުޖަހައި އެޓީމަށް ލީޑުނަގައިދިންނަމަވެސް މެޗުނިމޭން 4 މިނެޓަށް ވެފައިވަނިކޮށް ވައިޕަރސްގެ އީވާން އާއި އާލަފް ވަނީ 2 ގޯލުޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ މިނެޓެއް ފަހުން ފެލޭލޭގެ ޖުނައިދް (ޖެންނޭ) އާދި ސާމިން އިތުރު ދެގޯލުޖަހައި ޓީމު މޮޅުކޮށްދީފައެވެ. މެޗުގެ ފަހުގޯލު ފަހުސިކުންތުކޮޅުގައި ވައިޕަރސްގެ އީވާން ވަނީ ޖަހާފައެވެ.

488515394_122141948294583123_6715027516339028172_n.jpg

ވައިޕަރސް އާއި ފެލޭލޭ ސްޕޯރޓްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިފްޕިކްސް އެމްވީ

މިމުބާރާތުގައި މިރޭވެސް ވާދަވެރިމެޗުތަކެއް ފެނިގެންދާނެއެވެ. މިމުބާރާތުގެ ހުރިހާ މެޗެއްވެސް މެންދުރު ޓީވީ އިންނާއި ފޭސްބުކްޕޭޖުން ލައިވްކޮށް ދައްކާނެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 8 ދުވަސް ކުރިންމަގޫދޫ އެއާރޕޯރޓްއަށް ބަޔަކު ގެއްލުންދީ ރޯކޮށްލަން މަސައްކަތްކޮށްފިޚަބަރު | 18 ދުވަސް ކުރިންމަޤޫދޫ މުއައްސަސާކަޕްގެ އަންހެން ޑިވިޝަން ހެލްޓް ސެންޓަރ އަދި ފިރިހެން ޑިވިޝަން ފެނަކަ އިން ކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިން‎ހަވާ އެރުވުމާއެކު، މަގޫދޫގައި އީދު ކުލަގަދަކޮށް ފާހަގަކުރަނީޚަބަރު | 2 މަސް ކުރިން