logo
Bank of Maldives

Bank of Maldives

ޚަބަރު

ލިވަޕޫލްއާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ކެމްޕެއިން ލޯންޗްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޭޕްރީލު 2025 - 19:59
ލިވަޕޫލްއާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ކެމްޕެއިން ލޯންޗްކޮށްފި

އިނގިރޭސި ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސައި، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ކެމްޕޭނެއް މިރޭ ލޯންޗްކޮށްފިއެވެ.

މި ކެމްޕޭނަކީ ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިވަޕޫލްގެ އެންފީލްޑްގައި ބޭއްވުނު މި ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.

މި ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމެވެ.

މި ކެމްޕޭންގެ ދަށުން، ލިވަޕޫލްގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާންތަކާއި، ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ފެންނާނެއެވެ.

މީގެ އިތުރުން، ލިވަޕޫލްގެ ރަސްމީ ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ރާއްޖެ ޕްރޮމޯޓްކުރާނެއެވެ. އަދި ޔޫރަޕްގެ މުހިއްމު މާކެޓުތަކުގައި ބިލްބޯޑުތަކުން ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވެސް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފައިވާ ގޮތުގައި، މި ކެމްޕޭންގެ ސަބަބުން ރާއްޖެއަށް އަލަށް 100،000 ޓޫރިސްޓުން އަރިސްޓުން އަންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި 2.5 މިލިއަން ޑޮލަރު އިންވެސްޓްކުރާ މި ކެމްޕޭނުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް އަންދާޒާ ކުރެވެއެވެ

މި ކެމްޕޭންގެ ތެރެއިން، ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭންޑިންގ އިތުރުކުރުން ފަދަ ހަރަކާތްތައް ވެސް ހިންގުމަށް ރޭވިފައިވެއެވެ. މީގެ އިތުރުން، ލިވަޕޫލްގެ އެކި ކުޅުންތެރިންނާ އެކު ވެސް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

ރައީސް މުއިއްޒު މި ދަތުރުފުޅުގައި ލިވަޕޫލް އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެނގިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަފާތު އެކި ހަރަކާތްތަކާއެކު "އީދު ހަވީރު 1447" ގައި އެމްއޭސީއެލް ޚަބަރު | 6 ގަޑިއިރު ކުރިންހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމަނަނީޚަބަރު | 7 ގަޑިއިރު ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 9 ގަޑިއިރު ކުރިންރޯދަ ނިމުމުން އަޅުކަމެއް ނުނިމޭ: ރައީސް ޑރ. މުޢިއްޒުޚަބަރު | 11 ގަޑިއިރު ކުރިން