logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކޮޕަޑެލްރޭ ފައިނަލުގައި 11 އަހަރު ފަހުން އެލްކްލެސިކޯ

އަބްދުﷲ ޣާނިމް
3 އޭޕްރީލު 2025 - 05:22
ކޮޕަޑެލްރޭ ފައިނަލުގައި އެލްކްލެސިކޯ އެއް މިފެންނަނީ 11 އަހަރުފަހުން
ކޮޕަޑެލްރޭ ފައިނަލުގައި އެލްކްލެސިކޯ އެއް މިފެންނަނީ 11 އަހަރުފަހުން

އެޓްލެޓިކޯ މެޑްރިޑާވާދަކޮށް 1-0 އިން މޮޅުވެ، ބާސެލޯނާ ކޯޕާ ޑެލް ރޭގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި ސީޒަނުގައި ޓްރެބަލް (3 ތަށި) ހޯދުމުގެ އުންމީދު އަދިވެސް ދެމެހެއްޓުމަށް މަގުފަހިވި މި މެޗުގައި ހަމައެކަނި ލަނޑު ޖެހީ ފެރަން ޓޯރެސްއެވެ. މި މޮޅާއެކު އެގްރެގޭޓް ސްކޯރ 5-4 އިން ބާސާ ވަނީ މޮޅުވެފައެވެ. މިދެޓީމު ވާދަކުރި ފުރަތަމަ މެޗު ނިމުނީ 4-4 އިންނެވެ.

ފެރާން ޓޯރެސް މި ސީޒަނުގައި ދައްކަމުންދާ ފޯމު މި މެޗުގައިވެސް ދެމެހެއްޓިއެވެ. އޭނާ ވަނީ މި ސީޒަނުގައި އެންމެ 12 މެޗުގައި ފުރަތަމަ 11 ގައި ހިމެނި ޖުމްލަ 16 ގޯލުޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރެއަލް މެޑްރިޑް ފައިނަލަށް ދަތުރުކުރީ ރެއަލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗަކަށް ފަހުގައެވެ. އިތުރު ވަގުތުގައި އެންޓޯނިއޯ ރުޑިގަރ ޖެހި ލަނޑާއެކު އެ މެޗު ނިމުނީ 4-4 އިން އެއްވަރުވެފައެވެ. އެގްރެގޭޓް ސްކޯރ 5-4 އިން ރެއަލް މެޑްރިޑް ވަނީ މޮޅުވެ ފައިނަލަށް ދަތުރުކޮށްފައެވެ.

މިއާއެކު 2025 ވަނަ އަހަރުގެ ކޯޕާ ޑެލް ރޭގެ ފައިނަލުގައި ފޯރިގަދަ އެލްކްލެސިކޯއެއް ފެނުގެންދާނެއެވެ. މިއީ މިސީސަނުގައި މިދެޓީމު ވާދަކުރާ 3 ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައިވަނީ ބާސެލޯނާއިންނެވެ. އެގޮތުން ސްޕެނިޝް ސުޕަރ ކަޕް ފައިނަލުގައި ބާސެލޯނާ ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 4-0 އިން ކުރިހޯދާފައިވާއިރު، ލީގުގައި މިދެޓީމު ވާދަކުރި މެޗު ނިމުނީ 5-2 އިން ބާސާ މޮޅުވެގެންނެވެ.

މި މި ދެ ޓީމު ކޯޕާ ޑެލް ރޭގެ ފައިނަލެއްގައި އެންމެ ފަހުން ބައްދަލުކުރީ 2014 ވަނަ އަހަރުއެވެ. އޭރު މެސްޓަލާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ގާރެތް ބޭލްގެ ފަހު ވަގުތުގެ ރީތި ލަނޑަކުން ރެއަލް މެޑްރިޑް ވަނީ 2-1 އިން މޮޅުވެފައެވެ. ގެރެތް ބޭލް ގެ އެލަނޑު ވެގެން ގޮސްފައިވަނީ ބޭލްގެ ކެރިއަރުގައި އަދި އެލް ކްލެސިކޯގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ގޯލަށެވެ.

Screenshot 2025-04-03 103236.png

ގެތެރް ބޭލް ގޯލުޖަހާފައިވަނީ ބާރޓްރާ ފަހަތުން އަރައި ފަހާ ދުވުމަށްފަހު

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލާރީގެ މައްސަލައިގައި ބާސެލޯނާއިން ލެވަންޑޮވްސްކީ ގޯލުޖެހުން ހުއްޓުވިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންޤަވާއިދު ބޮލާލާޖަހައި، ބާސެލޯނާގެ ޗެމްޕިއަންސް ލީގުގެ މެޗު ކޭމްޕް ނޫއަށް ބަދަލުކުރުމަށް ޔުއޭފާއިން ހުއްދަދީފިކުޅިވަރު | ދުވަހެއް ކުރިން އަނިޔާގެ މައްސަލައިގައި ޔަމާލް ޤައުމީ ޓީމުން ކުއްލިގޮތަކަށް ވަކިވުމާއެކު ސްޕެއިން ޓީމާއި ބާސާއާ ދެމެދު މައްސަލަތަކެއްކުޅިވަރު | 10 ދުވަސް ކުރިންމެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 12 ދުވަސް ކުރިން