logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖެ ޕްރޮމޯޝަން ލޯންޗުކުރި މާސޭސައީޑް ޑާބީގައި ލިވަރޕޫލަށް ހަނިމޮޅެއް

އަބްދުﷲ ޣާނިމް
3 އޭޕްރީލު 2025 - 05:49
މެޗުގެ ތެރެއިން. ފޮޓޯ: ލިވަރޕޫލް
މެޗުގެ ތެރެއިން. ފޮޓޯ: ލިވަރޕޫލް

ދުނިޔޭގެ އެންމެ ވާދަވެރި ފުޓްބޯޅަ ލީގު ކަމަށްވާ އިނގިރޭސި ޕްރީމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައިވާ ލިވަރޕޫލާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ރާއްޖެ ޕްރޮމޯޓް ކުރުން ލޯންޗުކުރި މެޗުކަމަށްވާ މާސޭސައިޑް ޑާބީގައި ލިވަރޕޫލް ވަނީ އެވަޓަން އަތުން ހަނިގޮތަކަށް 1-0 އިން މޮޅުވެއްޖެއެވެ. މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ޑިއޯގޯ ޖޯޓާއެވެ.

އެންފީލްޑްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަރޕޫލްގެ ޕޮއިންޓް ގެޕް ވަނީ 12 ޕޮއިންޓަށް އަނބުރާ ރުޖޫއަވެފައެވެ. މިއީ އެވަޓަންގެ ވޭތުވެދިޔަ 10 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރާއްޖެ ޕްރޮމޯޝަން ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް އާއި ކުޅިވަރު މިނިސްޓަރ އަބްދުﷲ ރާފިއު އަދި އެމް.އެމް.ޕީ.އާރް.ސީގެ އެމްޑީ ޝިއުރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

396819_debfe49d-f_-720x480.jpeg

ލޯންޗުކުރުމުގެ ގޮތުން ރައީސް އާއިޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް އާއި ކުޅިވަރު މިނިސްޓަރ އަބްދުﷲ ރާފިއު އަދި އެމް.އެމް.ޕީ.އާރް.ސީގެ އެމްޑީ ޝިއުރީވެސް


ޔޫރަޕްގެ އިތުރުން މުޅި ދުނިޔެއަށް ވެސް މި ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވާނެއެވެ. ލިވަޕޫލު އެފްސީ، އެވަޓަންއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ވެސް ވަނީ ރާއްޖެ އިޝްތިހާރުކޮށްފައެވެ. ދަނޑުގެ ލެޑް ޕެނަލްތަކުގެ އިތުރުން ލިވަޕޫލްގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ރާއްޖެ ޕްރޮމޯޓްކުރިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީހީ ވަގުތުކޮޅެއް: ލިވަޕޫލްއާއި މެންޗެސްޓަރ ބައްދަލުކުރި މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކޮށްފިޚަބަރު | 15 ދުވަސް ކުރިންލިވަޕޫލްއާއި މެންޗެސްޓަރ މިރޭ ބައްދަލުކުރާ މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކުރަނީ ވިޔަފާރި | 15 ދުވަސް ކުރިންރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާވޭ، ވަރަށް އަވަހަށް ރާއްޖެ ދާނަން: ކެޓްރީނާޚަބަރު | 23 ދުވަސް ކުރިންފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | 2 މަސް ކުރިން