logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސަޕޯޓަރުން ދިމާކޮށް މެސީގެ އިންޓަރ މަޔާމީ ބަލިކޮށްލައިފި

އަބްދުﷲ ޣާނިމް
3 އޭޕްރީލު 2025 - 08:02
މެސީ
މެސީ

ކޮންކަކަފް ޗެމްޕިއަންސް ކަޕްގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ލިއޯނެލް މެސީގެ އިންޓަރ މަޔާމީ، ލޮސް އެންޖެލެސް އެފްސީ (އެލް.އޭ.އެފް.ސީ) އަތުން ބަލިވެއްޖެއެވެ.

ބީއެމްއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެލް.އޭ.އެފް.ސީގެ 21 އަހަރުގެ ޒުވާން ސްޓްރައިކަރު ނޭތަން އޯޑާޒް ވަނީ 57 ވަނަ މިނެޓްގައި ލަނޑެއް ޖަހާފައެވެ. މި މެޗުގައި މެސީއަށް އެންމެ އެދެވޭ ކުޅުމެއް ދެއްްކިފައެއް ނުވެއެވެ. މެޗުފެށިގެން ނިމުމާއި ހަމައަށް އެލް.އޭ.އެފް.ސީގެ ސަޕޯޓަރުން ދިޔައީ މެސީއަށް ބޯޅަލިބޭ ކޮންމެ ފަހަރަކު ހަޅޭއްލަވަމުންނެވެ. އަދި އެލް.އޭ.އެފް.ސީ ސަޕޯޓަރުން ވަނީ މެސީއާއި ދިމާކޮށް ބެނަރ އެއްވެސް ދަމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

488882163_122211954644039044_8262571131007034762_n.jpg

މެސީއާއި ދިމާކޮށް ދަމާފައިވާ ބެނަރ

 

މި މެޗާ ހަމައަށް 2025 ވަނަ އަހަރުގެ ސީޒަންގައި އިންޓަރ މަޔާމީ ވަނީ ވިދިވިދިގެން ހަތް މެޗު ކާމިޔާބުކޮށް، ޖުމްލަ 9 މެޗުގައި ބަލިނުވެ ކުރިޔަށް ގޮސްފައެވެ. ނަމަވެސް މި މެޗާ އެކު ޓީމުގެ މިއަހަރުގެ އަންބީޓަން ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.

އިންޓަރ މަޔާމީގެ ޓީމު ދެން ކުޅޭނީ އާދީއްތަ ދުވަހުގެ ރޭ ޗޭސް ސްޓޭޑިއަމްގައި ޓޮރޮންޓޯ އެފްސީ އާ ދެކޮޅަށެވެ. މިއީ ލީގުގެ މެޗެކެވެ.

.މިދެޓީމު ވާދަކުރާ ކުއާޓަރ ފައިނަލުގެ ދެވަނަލެގު އޮތީ މިމަހުގެ 10 ވަނަ ދުވަހު މަޔާމީގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީގެ ދެލަނޑާއެކު ފަހަތުން އަރައި އިންޓަރ މަޔާމީ ލީގުކަޕްގެ ފައިނަލަށްކުޅިވަރު | 21 ދުވަސް ކުރިންޔަމާލް ކުޅޭތަން ބަލަން އިންނައިރު އަހަރެންގެ ޅަ އުމުރުގެ އަމިއްލަ ނަފްސު ހަނދާންވޭ - މެސީކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެކުޅިވަރު | މަހެއް ކުރިންމެސީ އާއި ޖޯޑީ އަލްބާ ސަސްޕެންޑްކޮށްފިކުޅިވަރު | 2 މަސް ކުރިން