logo
E-Platinum
ކުޅިވަރު

ފެލޭލާ އާއެކު ފައުޒް ސެމީގެ ޖާގަ ކަށަވަރުކުރިއިރު މަހޫގެ ރިޓާން ފެނުނީ ގަދަކޮށް

އަބްދުﷲ ޣާނިމް
3 އޭޕްރީލު 2025 - 08:26
ފެލޭލާގެ ޖެންނޭ އަލް ފައުޒް އާއި ދެކޮޅަށް ކުޅެނީ. ފޮޓޯ: އަލް ފައުޒް
ފެލޭލާގެ ޖެންނޭ އަލް ފައުޒް އާއި ދެކޮޅަށް ކުޅެނީ. ފޮޓޯ: އަލް ފައުޒް

ފެލޭލާ އަދި އަލް ފައުޒް ރޭގައި ކުޅުނު މެޗުތަކުން މޮޅުވެ އެޓީމުތަކުގެ ގްރޫޕުގެ އެއްވަނައަށް ޖެހިލައި ސެމީގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ފެލޭލާ ގްރޫޕް 1 ގައި ހިމެނިފައިވާއިރު، މިގްރޫޕްގައި ހިމެނޭ އަނެއް ޓީމުތަކަކީ ވައިޕާރސް އާއި ގަޓް ސިޓީ އާއި ސީއެސް ސްޕޯރޓްސް ގެ އިތުރުން އަލް ފައުޒް ނިއު ޖެނެރޭޝަންއެވެ. މިގްރޫގައި ރޭގައި ފުރަތަމަ ކުޅުނީ ފައުޒް ނިއުޖެނެޜޭޝަން އާއި ފެލޭލާ ސްޕޯރޓްސް ކުލަބެވެ. މިމެޗު 3-1 އިން ކާމިޔާބުކުރީ ފެލޭލާ އެވެ. މިމެޗުގެ ފެލޭލާގެ ގޯލުތައް މާހިލް (މާއްޕެ) އާއި ވިޖުއްކޮގެ އިތުރުން އައްސަދު ކާމިޔާބުކޮށްފައިވާއިރު، ފައުޒް ގެ ހަމައެކަނި ގޯލުޖަހާފައިވަނީ އަހުމަދު ޝުޢޫންއެވެ.

488768859_17945511107969161_4132786437621995988_n.jpg

ފެލޭލާ އާއި ފައުޒް ނިއު ޖެނެރޭޝަން ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އަލް ފައުޒް

މިގްރޫޕްގައި ވައިޕާރސް އާއި ގަޓް ސިޓީ ވާދަކުރި ފޯރިގަދަ މެޗު ނިމުނީ 2-1 އިން ގަޓްސިޓީ ކުރިހޯދައިގެންނެވެ. ގަޓްސިޓީގެ ގޯލުތައް ރަޔާން ރިޔާޙް އާއި އާދަމް އަހުމަދު ކާމިޔާބުކޮށްފައިވާއިރު، މެޗުގެ ފަހުވަގުތުގައި ވައިޕާރސްގެ އާލަފް ވަނީ އެޓީމަށް ގޯލެއް ޖަހައިދީފައެވެ.

Screenshot 2025-04-03 134340.png

މެޗްޑޭ 3 ގެ ޕޮއިންޓް ތާވަލް (ގްރޫޕް 1)

އެލްފޯކަޕްގެ ގްރޫޕް ދޭއްގައި އަލް ފައުޒް ރޭގައި ވާދަކޮށްފައިވަނީ މިއަހަރު އަލަށް މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމެއްކަމުގައިވާ ރައިޑާރސް އާއި ދެކޮޅަށެވެ. މިމެޗު ފަސޭހަކަމާއެކު 5-0 އިން ފައުޒް ސްޕޯރޓްސް ކުލަބު ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގައި އަލް ފައުޒްގެ ގޯލުތައް ކާމިޔާބުކޮށްދީފައިވަނީ އަލީ ރިޒާ އާއި އަރީޝް އާއި މަހުދީ (މަހޫ) ގެ އިތުރުން އަލްޔާނު އެވެ. މީގެ ތެރެއިން އަރީޝް ދެގޯލު ކާމިޔާބުޮށްފައިވާއިރު، ގިނަ ދުވަސްތަކަކަށްފަހު އެލްފޯ ކަޕުން ފެނިގެންދިޔަ މަހޫގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ.

488410878_17945511536969161_6142537895996553057_n.jpg

މަހޫ ވަނީ ރޭގެ މެޗުގައި ގޯލަކާއި އެސިސްޓެއް ހަދާފައި. ފޮޓޯ: އަލް ފައުޒް

488514894_17945511467969161_5534302298311934672_n.jpg

ރައިޑާރސް އާއި އަލް ފައުޒް އެސްސީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އަލް ފައުޒް

މިގްރޫޕްގައި ވެސްޓް ސިޓީ އާއި ޒަލްޒަލާ ވާދަކުރި މެޗުގައި ޒަލްޒަލާގެ ޝަވީލް ގޯލެއް ޖަހައި މެޗުގެ ކުރީކޮޅުގައި ލީޑުނަގާފައިވަނިކޮށް ފަހަތުން އަރައި ދެގޯލު ކާމިޔާބުކޮށް 2-1 އިން ވެސްޓް ސިޓީ ވަނީ ކުރިހޯދާފައެވެ. ވެސްޓް ސިޓީގެ ދެގޯލުވެސް ކާމިޔާބުކޮށްދިނީ ގޯލްޑަން ތަށި ދަރަނބޫދޫއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށް ފައިނަލް މެޗުގެ މޮޅުކޮށްދިން ގޯލުޖަހައިދިން ސާޖިދު (ސާއްޓެ) އެވެ.

Screenshot 2025-04-03 135433.png

މެޗްޑޭ 3 ގެ ޕޮއިންޓް ތާވަލް (ގްރޫޕް 2)

މުބާރާތުގެ ގޯލު ޗާޓުގެ އެއްވަނައިގައި މިވަގުތުގައި 6 ގޯލާއެކު އޮތީ އަލް ފައުޒްގެ އަރީޝްއެވެ.

މިމުބާރާތުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. މިމުބާރާޓުގެ ހުރިހާ މެޗެއްވެސް މެންދުރު ޓީވީއިން ދުރަށް ދައްކާނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 8 ދުވަސް ކުރިންމަގޫދޫ އެއާރޕޯރޓްއަށް ބަޔަކު ގެއްލުންދީ ރޯކޮށްލަން މަސައްކަތްކޮށްފިޚަބަރު | 18 ދުވަސް ކުރިންމަޤޫދޫ މުއައްސަސާކަޕްގެ އަންހެން ޑިވިޝަން ހެލްޓް ސެންޓަރ އަދި ފިރިހެން ޑިވިޝަން ފެނަކަ އިން ކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިން‎ހަވާ އެރުވުމާއެކު، މަގޫދޫގައި އީދު ކުލަގަދަކޮށް ފާހަގަކުރަނީޚަބަރު | 2 މަސް ކުރިން