logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިއުޖެނެރޭޝަން ސެމީގެ އުއްމީދުއާކުރިއިރު, ގްރޫޕް 2 ގެ ވާދަވެރިކަން ބޮޑުވެއްޖެ

އަބްދުﷲ ޣާނިމް
4 އޭޕްރީލު 2025 - 05:16
ގަޓްސިޓީ އާއި ފައުޒް ނިއު ޖެނެރޭޝަން ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގަޓް ސިޓީ / އަބްދުﷲ އަބީދު
ގަޓްސިޓީ އާއި ފައުޒް ނިއު ޖެނެރޭޝަން ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގަޓް ސިޓީ / އަބްދުﷲ އަބީދު

އެލްފޯކަލްޕގައި އަލްފައުޒް ނިއުޖެނެރޭޝަން ގަޓްސިޓީ ބަލިކޮށް ސެމީފައިނަލުގެ އުއްމީދު އާކޮށްފިއެވެ. ގްރޫޕް 1 ގައި ފެލޭލާ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއެކު ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު ފައުޒް ނިއުޖެނެރޭޝަންގެ އިތުރުން ވައިޕާރސް އާއި ގަޓްސިޓީއަށްވެސް ސެމީގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

Screenshot 2025-04-04 112831.png

މެޗްޑޭ 4 ގެ ޕޮއިންޓް ތާވަލް (ގްރޫޕް 1)

Ad by Hajj Corporation

Ad by Hajj Corporation


އަލްފައުޒް ނިއުޖެނެރޭޝަން ގަޓްސިޓީ އަތުން ރޭގައި މޮޅުވެފައިވަނީ 2-0 އިންނެވެ. ފައުޒްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޝުޢޫން އާއި ރަޒާންއެވެ. މިއީ މިމުބާރާތުގެ ނިއުޖެނެރޭޝަން މޮޅުވި ފުރަތަމަ މެޗެވެ.

WhatsApp Image 2025-04-04 at 11.16.44_41cb72ea.jpg

ގަޓްސިޓީ އާއި ފައުޒް ނިއު ޖެނެރޭޝަން ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގަޓް ސިޓީ / އަބްދުﷲ އަބީދު

 

މިގްރޫޕްގައި ރޭގައި ސެމީގެ ޖާގައެއް ހޯދާފައިވާ ފެލޭލާ ސީއެސް ސްޕޯރޓްސް އަތުން 7-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. ފެލޭލާގެ ޝާމިން މިމެޗުގައި ހެޓްރިކް ހަދާފައިވާއިރު، މާހިލް (މާއްޕެ) އާއި ޖުނައިދު (ޖެންނޭ) ވެސް ގޯލުޖަހާފައިވެއެވެ. މީގެ އިތުރުން ފެލޭލާގެ ރިފާއު އާއި މެޑޯ ގެ ފަރާތުންވެސް މުބާރާތުގެ ފުރަތަމަ ގޯލުފެނިފައިވެއެވެ. ސްކޯޕިއަންގެ އާމިލް ދެ ގޯލު ކާމިޔާބުކޮށްފައިވާއިރު މާއިންވެސް ވަނީ ގޯލެއް ޖަހާފައެވެ.

487842023_1155378699932626_6361138915927372775_n.jpg

ފޭލޭލާ އާއި ސީއެސް ސްޕޯރޓްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ފެލޭލާ


މިގްރޫޕްގައި ސެމީގެ ޖާގައެއް ހޯދުމަށް މިއަދު ނިއުޖެނެރޭޝަން ވައިޕަރސް އާއި ވާދަކުރާއިރު، ގަޓް ސިޓީ ނިކުންނާނީ ސީއެސް ސްޕޯރޓްސް އާއި ދެކޮޅަށެވެ.

 

ގްރޫޕް ދޭއްގައި ވެސްޓް ސިޓީއާއި ވައިޕަރސް ވާދަކުރިމެޗު 0-0 އިން އެއްވަރުވެފައިވުމުން މިގްރޫޕްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އެގޮތުން މިގްރޫޕްގެ ސެމީގެ ފަހުޖާގައެއް ހޯދުމަށް މިރޭ ވެސްޓް ސިޓީ އޭއެމްޑީ އާއި ދެކޮޅަށް ނިކުންނައިރު، ރައިޑަރސް ނިކުންނާނީ ޒަލްލަލާ އާއި ދެކޮޅަށެވެ.

Screenshot 2025-04-04 113142.png

މެޗްޑޭ 4 ގެ ޕޮއިންޓް ތާވަލް (ގްރޫޕް 2)

 

މިގްރޫޕްގެ ހުރިހާ މެޗަކުން މޮޅުވެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާ އަލް ފައުޒް ސްޕޯރޓްސް ވަނީ ރޭގައި 6-1 ގެ ތަފާތުބޮޑޫ ނަތީޖާއަކުން އޭއެމްޑީ ބަލިކޮށްފައެވެ. މިމެޗުގެ ފައުޒްގެ ގޯލުތައް އަރީޝް އާއި އަލީ ރިޒާ އާއި ސޮލާޙު ގެ އިތުރުން ހުޝާމް ކާމިޔާބުކޮށްފައިވާއިރު، ރިޒާ އާއި ހުޝާމް ވަނީ ދެގޯލު ކާމިޔާބުކޮށްފައެވެ. އޭއެމްޑީގެ ހަމައެކަނި ގޯލުކާމިޔާބުކޮށްފައިވަނީ މުނީރުއެވެ. އޭއެމްޑީ ވަނީ މުބާރާތުގައި ކުޅުނު ތިންމެޗުންވެސް ބަލިވެ މުބާރާޓުން ކަޓާފައެވެ.

488774759_17945614751969161_2496725224562983958_n.jpg

އަލް ފައުޒް އާއި އޭއެމްދީ ވާދަކުރި މެޗުގެ ތެރެއިން (ހަޒާޑް) - ފޮޓޯ: އަލް ފައުޒް


މުބާރާތުގެ ގޯލު ޗާޓުގެ އެއްވަނައިގައި މިވަގުތު އޮތީ ފެލޭލާގެ ސާމިންއެވެ.

Screenshot 2025-04-04 121801.png

އެލްފޯ ކަޕް ގޯލު ޗާޓު (މެޗްޑޭ 4)


މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗުތައް މިއަދު ކުޅޭއިރު، ސެމީފައިނަލް މާދަމާ ރޭގަނޑު ކުޅެވޭނެއެވެ. އަދި ފައިނަލް މެޗު އޮންނާނީ އާދިއްތަދުވަހުގެ ރޭ 20:45 ގައެވެ. މިމުބާރާތުގެ ހުރިހާ މެޗެއްވެސް މެންދުރު ޓީވީއިން ލައިވް ކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 2 މަސް ކުރިންމަގޫދޫ އެއާރޕޯރޓްއަށް ބަޔަކު ގެއްލުންދީ ރޯކޮށްލަން މަސައްކަތްކޮށްފިޚަބަރު | 2 މަސް ކުރިންމަޤޫދޫ މުއައްސަސާކަޕްގެ އަންހެން ޑިވިޝަން ހެލްޓް ސެންޓަރ އަދި ފިރިހެން ޑިވިޝަން ފެނަކަ އިން ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިން‎ހަވާ އެރުވުމާއެކު، މަގޫދޫގައި އީދު ކުލަގަދަކޮށް ފާހަގަކުރަނީޚަބަރު | 4 މަސް ކުރިން