logo
MPL

MPL

ކުޅިވަރު

ޖަރުމަނުގެ ޑިފެންޑަރު ހަމެލްސް މި ސީޒަނަށްފަހު ކުޅުން ހުއްޓާލަނީ

އަބްދުﷲ ޣާނިމް
5 އޭޕްރީލު 2025 - 06:02
ޖަރުމަނުގެ ލެޖެންޑު މިސީޒަނަށްފަހު ކުޅުން ހުއްތާލާނެކަން ވަނީ އިޢުލާނުކޮށްފައި. ފޮޓޯ: ޓްރައިބިއުނާ
ޖަރުމަނުގެ ލެޖެންޑު މިސީޒަނަށްފަހު ކުޅުން ހުއްތާލާނެކަން ވަނީ އިޢުލާނުކޮށްފައި. ފޮޓޯ: ޓްރައިބިއުނާ

އިޓަލީގެ ރޯމާއާށް ކުޅެމުން އަންނަ ޖަރުމަނުގެ ލެޖެންޑަރީ ޑިފެންޑަރު މެޓްސް ހަމެލްސް މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެ ކަމަށް އިއުލާންކޮށްފި އެވެ. އުމުރުން 36 އަހަރުގެ ހަމެލްސް މިކަން އިއުލާންކޮށްފައިވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައެވެ.

"މިއީ ވަރަށް ހިތްދަތި ވަގުތެއް ނަމަވެސް މި ކަމަކީ ހުރިހާ ކުޅުންތެރިންވެސް ކުރިމަތިލާން ޖެހޭނެ ދުވަހެއް. މި ސީޒަނަށްފަހު އަހަރެން ކުޅުން ހުއްޓާލާނަން،" ހަމެލްސް ބުންޏެވެ. އަދި އޭނާ އިތުރަށް ބުނެފައިވަނީ ފާއިތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ތަފާތު ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަޔަން މިއުނިކްގެ ޔޫތު ޕްރޮގްރާމުން ފުޓްބޯޅަ ކުޅުމުގެ ތެރެއަށް އައި ހަމެލްސް، އެ ޓީމުގެ ފުރަތަމަ ޓީމުން ފުރުސަތު ހޯދީ 2007 ވަނަ އަހަރު އުމުރުން 18 އަހަރުގައެވެ. އޭގެ ފަހުން އޭނާ ވަނީ ބޮރޫޝިޔާ ޑޯޓްމަންޑާއި ގުޅި، އެ ކްލަބާއެކު ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި 2016 ވަނަ އަހަރު ބަޔަން މިއުނިކާ އަލުން ގުޅި، އެ ކްލަބާއެކުވެސް ބުންޑެސްލީގާ ކާމިޔާބުކޮށްފައިވެއެވެ.

ހަމެލްސް ވަނީ ޑޯޓްމަންޑަށް 508 މެޗު އަދި ބަޔަން މިއުނިކަށް 118 މެޗު ކުޅެދީފައެވެ. އަދި 2010 ވަނަ އަހަރު ޖަރުމަނުގެ ގައުމީ ޓީމުން ފުރުސަތު ހޯދި ހަމެލްސް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 13 އަހަރު ދުވަހުގެ ތެރޭގައި 78 މެޗު ކުޅެދީފައެވެ.

މި ސީޒަނުގެ ނިޔަލަށް ރޯމާއާއެކު ހަމެލްސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ. އޭނާގެ ކުޅުންތެރިކަމުގެ ދިގު ކެރިއަރުގައި އެތައް ކާމިޔާބީތަކަކާއި ރެކޯޑުތަކެއް ހޯދާފައިވާ ހަމެލްސް، މި ސީޒަނަށްފަހު ފުޓްބޯޅަ ކުޅުމުގެ ތެރެއިން މުޅިން ރިޓަޔަރވާން ނިންމާފައިވަނީ އުމުރުން 36 އަހަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްލޮޕް ކޯޗުކަމާހަވާލުވެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންގްރޫޕްގެ އެއްވަނަ ހޯދައި ޖަރުމަނު ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | އަހަރެއް ކުރިންވޯލްޓެމޭޑް ގެ ދެ ގޯލާއެކު ޖަރުމަނު ތާވަލުގެ އެއްވަނައަށްކުޅިވަރު | އަހަރެއް ކުރިންއެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލްކުޅިވަރު | އަހަރެއް ކުރިން