logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯގެ މޮޅުކުޅުމާއެކު އަލް ނަސްރުން އަލް ހިލާލް ބަލިކޮށްފި

އަބްދުﷲ ޣާނިމް
5 އޭޕްރީލު 2025 - 06:13
ރޮނާލްޑޯ ރޭގެ މެޗުތެރެއިން. ފޮޓޯ: އަލް ނަސްރު
ރޮނާލްޑޯ ރޭގެ މެޗުތެރެއިން. ފޮޓޯ: އަލް ނަސްރު

ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުންވަރުގަދަ އަލް ހިލާލް ބަލިކޮށްފިއެވެ. އަލް ހިލާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އަލް ހިލާލާ ވާދަކޮށް އަލް ނަސްރު ކުރިހޯދާފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އަލް ނަސްރުންނެވެ. މިގޯލުޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލީ އަލް ހަސަން އެވެ. އަދި ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ސަދިއޯ މާނޭގެ އެސިސްޓަކުން ރޮނާލްޑޯ ޖެހި ލަނޑާއެކު އަލް ނަސްރުގެ ލީޑު ފުޅާކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 62 ވަނަ މިނެޓުގައި އަލް ހިލާލުގެ އަލީ އަލް ބުލައިހީ ކޯނަރަކުން ޖެހި ލަނޑާއެކު އެ ޓީމަށް މެޗުގެ ތެރެއަށް އަނބުރާ އައުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް މެޗުގެ 88 ވަނަ މިނެޓުގައި އަލް ހިލާލުގެ މޫތެބް އަލް ހަރްބީއަށް ހެދުނު ގޯހެއްގެ ސަބަބުން ލިބުނު ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކޮށް އަލް ނަސްރަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

މިވަގުތު ސައުދީ ޕްރޯ ލީގުގެ ޕޮއިންޓް ތާވަލުގައި އަލް ނަސްރު އޮތީ 54 ޕޮއިންޓާއެކު ތިންވަނައިގައެވެ. 57 ޕޮއިންޓާއެކު އަލް ހިލާލް އޮތީ ދެވަނައިގައެވެ. އަދި 61 ޕޮއިންޓާއެކު އަލް އިއްތިހާދު އޮތީ އެއްވަނައިގައެވެ.

ރޭގައި ޖެހި ދެގޯލާއެކު ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 931 ގޯލު ކާމިޔާބުކޮށްފައެވެ. ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ރޮނާލްޑޯގެ މިހާރުގެ އަމާޒަކީ ކެރިއަރުގައި 1000 ގޯލު ހަމަކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 5 ދުވަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | މަހެއް ކުރިންހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިން