logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސެމީގައި ފެލޭލާ ރައިޑަރސް އާއި ދެކޮޅަށް ނިކުންނައިރު ފައުޒް ސްޕޯރޓްސް ނިއު ޖެނެރޭޝަން އާއި ދެކޮޅަށް

އަބްދުﷲ ޣާނިމް
5 އޭޕްރީލު 2025 - 06:49
އަލް ފައުޒް ނިއުޖެނެރޭޝަންގެ ބޭރު ކުޅުންތެރިޔާ. ފޮޓޯ: އިފް ޕިކްސް
އަލް ފައުޒް ނިއުޖެނެރޭޝަންގެ ބޭރު ކުޅުންތެރިޔާ. ފޮޓޯ: އިފް ޕިކްސް

މަގޫދޫގައި މިހާރު ކުރިޔަށްދާ އެލްފޯކަޕްގެ ސެމީގެ ފަހު ދެޖާގަ އަލްފައުޒް ނިއު ޖެނެރޭޝަން އާއި މީދޫ ރައިޑަރސް ސްޕޯރޓްސް ކުލަބު ހޯދައިފިއެވެ.

މުބާރާޓުގެ ގްރޫޕްސްޓޭޖުގެ ފަހުމެޗުތަކުގައި ގްރޫޕް 1ގައި ރޭގައި އަލްފައުޒް ނިއު ޖެނެރޭޝަން ސެމީގެ ޖާގައެއް ކަށަވަރުކުރީ މީދޫގެ އެފްސީ ވައިޕާރސް 2-1 އިން ބަލިކޮށްގެންނެވެ. މެޗު ފަށައިގެން 8 ވަނަ މިނެޓުގައި އަލްފައުޒްގެ ސުޢޫން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ވައިޕާރސް ގެ ޖަމްޝީދު ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. އަދި އޭގެ މިނެޓެއްފަހުން ފައުޒްގެ އަންމާރު ވަނީ ގޯލެއްޖަހައި އެޓީމު ސެމީއަށް ގެންގޮސްދީފައެވެ. ރޭގެ މޮޅާއެކު ފައުޒް ނިއުޖެނެރޭޝަން ސެމީއަށް ދަތުރުކޮށްފައިވަނީ 4 މެޗުން 7 ޕޮއިންޓް ހޯދައިގެންނެވެ.

487679420_1054774480130249_498370507151246832_n.jpg

އަލް ފައުޒް ނިއު ޖެނެރޭޝަން ޓީމު. ފޮޓޯ: އެމްޒެޑްސީ

Ad by Hajj Corporation

Ad by Hajj Corporation

 


މި ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފެލޭލާ ސެމީއަށް ދަތުރުކޮށްފައިވާއިރު، މި ގްރޫޕްގައި ސީއެސް ސްޕޯރޓްސް (ސްކޯޕިއަންސް) ވަނީ ގަޓްސިޓީ 5-3 އިން ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ރޭގައި ހޯދާފައެވެ. މިމެޗުގައި ސްކޯޕިއަންސްގެ މާއިން ދެ ގޯލުޖަހާފައިވާއިރު، އަހުމަދު މުއާޒު އާއި މުހަންމަދު އަލީގެ އިތުރުން އާމިލް ވެސް ގޯލުޖަހާފައިވެއެވެ. ގަޓްސިޓީގެ ގޯލުތައް ޖަހާފައިވަނީ އިފްހާމް އާއި ވިސާހުގެ އިތުރުން ރަޔާން އެވެ.

 

11111111111111111.png

ޕޮއިންޓް ޓޭބަލް (ގްރޫޕް 1 - ފައިނަލް)

 

މުބާރާތުގެ ގްރޫޕް 2 ގައި މީދޫގެ ރައިޑަރސް އިން ވަނީ ބިލެތްދޫގެ ޒަލްޒަލާ 3-0 އިން ބަލިކޮށް ސެމީގެ ޖާގަކަށަވަރުކޮށްފައެވެ. މިމެޗުގެ ރައިޑަރސްގެ 2 ގޯލު ޖޫދު ޖަހާފައިވާއިރު އަނެއްގޯލުޖެހީ އިސްމާޢިލް ނައުޝް އެވެ. ރައިޑަރސް ސެމީގެ ޖާގައެއްހޯދީ 7 ޕޮއިންޓާއެކު ވެސްޓް ސިޓީއާއި އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުންނެވެ.

 

މިގްރޫޕްގައި ވެސްޓް ސިޓީއިން ރޭ

487795089_1054946106779753_4714788372872667441_n.jpg

މުބާރާތުގައި ބައިވެރިވާ ރައިޑަރސް ގެ ޓީމު. ފޮޓޯ: އެމްޒެޑްސީ

ގައި އޭއެމްޑީ 4-3 އިން ބަލިކޮށްފައިވެއެވެ. އެގޮތުން އޭއެމްޑީގެ މުނީރު އާއި އިޝާން ދެގޯލުޖަހާފައިވަނިކޮށް ވެސްޓުގެ މުހަންމަދު އަހުމަދު ވަނީ ދެގޯލުޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭއެމްޑީގެ ހުސައިން ޝަރީފު އެޓީމަށް ދެވަނަ ފަހަރަށް ލީޑުނަގައިދިން ނަމަވެސް ވެސްޓުގެ މުޙައްމަދު އަހުމަދު ވަނީ ދެގޯލު އިތުރަށް ޖަހާފައެވެ. މިމެޗުގައި ވެސްޓުގެ ހުރިހާ ގޯލުތަކެއްވެސް ޖަހައިދިނީ މުޙައްމަދު އަހުމަދުއެވެ.

22222222222222.png

ޕޮއިންޓް ޓޭބަލް (ގްރޫޕް 2 - ފައިނަލް)

 

މިގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ފައުޒް ސްޕޯރޓްސް ސެމީއަށް ދަތުރުކޮށްފައިވާއިރު ސެމީގައި ވާދަކުރަން ޖެހޭނީ ފައުޒް ނިއުޖެނެރޭޝަން އާއެވެ. މިއީ އެއް މެނޭޖްމަންޓެއްގެ ދެޓީމެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ފެލޭލާ އާއި ރައިޑަރސް އެވެ.

ސެމީފައިނަލްމެޗުތައް މިރޭގައި ކުޅެން ހަމަޖެހިފައިވާއިރު ހުރިހާމެޗުތަކެއް މެންދުރު ޓީވީއިލް ލައިވް ކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 2 މަސް ކުރިންމަގޫދޫ އެއާރޕޯރޓްއަށް ބަޔަކު ގެއްލުންދީ ރޯކޮށްލަން މަސައްކަތްކޮށްފިޚަބަރު | 2 މަސް ކުރިންމަޤޫދޫ މުއައްސަސާކަޕްގެ އަންހެން ޑިވިޝަން ހެލްޓް ސެންޓަރ އަދި ފިރިހެން ޑިވިޝަން ފެނަކަ އިން ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިން‎ހަވާ އެރުވުމާއެކު، މަގޫދޫގައި އީދު ކުލަގަދަކޮށް ފާހަގަކުރަނީޚަބަރު | 4 މަސް ކުރިން